ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އދ ދަނގެތީ ދާއިރާއަށް، ޖުމްހޫރީޕާޓީން ކުރިމަތިލި ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމްގެ މައްސަލައެއް އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.
އެމްޑީޕީން ބުނީ އީސީއަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 2019ގެ އިންތިޚާބާ ދިމާކޮށް “ނާޒިމް އަފާފު ފައުންޑޭޝަނުން” ދަނގެތީ ދާއިރާގެ ރަށްރަށަށް ވަކިކަންތައްތަކެއް ކޮށްދޭނެކަމަށް ބުނަމުންދާ މައްސަލަ ކަމުގައެވެ.
"4 މާރިޗް 2019 ގައި، ކެންޑިޑޭޓް، މުޙައްމަދު ނާޒިމުގެ ކެމްޕޭނު ވައިބަރ ގްރޫޕް ކަމަށްވާ “Dhagethi 2019″ ގައި، ދަނގެތީ ކައުންސިލަރު ރަމްޒީ ލިޔުނު ޕޯސްޓެއްގައި، ދަނގެތީ ހަނދުރުބާގިޑިގޭގެ” ހުރިހާ ޚަރަދެއް ފަންޑުކޮށް ދެއްވީ ނާޒިމް އަފާފަ އުންޑޭޝަނުން” މިހެން ބަޔާންކޮށްފައިވެއެވެ" އެމްޑީޕީން ބުނެފައި ވެއެވެ.
އެމްޑީޕީންބުނީ އިންތިޚާބާގުޅިގެން ކެންޑިޑޭޓަކު ތާއީދުހޯދުމަށްޓަކައި ވަކިފަރުދަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ ޢާންމުފައިދާއަށްޓަކައި އެއްޗެއް ދިނުންނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުން ނުވަތަ މިނޫންވެސް މަންފާއެއް ފޯރުކޮށްދިނުން ނުވަތަ މިއިންކަމެއް ކޮށްދޭނެކަމަށް ބުނުމަކީ ކުށެއްކަމުގައި އިންތިޚާބާބެހޭ ޢާންމު ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމުގައެވެ.
ދަނގެތީ ދާއިރާގެ ޖޭޕީ ކެންޑިޑޭޓް ނާޒިމްގެ މައްސަލައެއް އީސީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ