އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ ސަސްޕެންޝަަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން އުވާލައިފިއެވެ.
ނިހާންއަށް 17 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމާއި އެކަމުގައި ބައިވެރިވުމުގެ ކުށް ސާބިތުވުމުންނެވެ. ނިހާންގެ މައްޗަށް އިއްވި ހުކުމުގައި ބުނެފައިވަނީ، މާމިގިނލީ ކޯޓުގައި އެ ކޯޓުގެ ލެޕްޓޮޕެއް ބޭނުންކޮށްގެން ގާޒީ ނިހާން ކޯޓު އަމުރެއް ޑައުންލޯޑްކުރިކަން ސާބިތުވާ ކަމަށާއި އެ އަމުރަށް ބަދަލު ގެނައިކަން ވެސް ސާބިތުވާ ކަމަށެވެ. އަދި އެފަދަ އަމުރެއް ނެރުމުގެ ނުރައްކާތެރިކަމާ މެދު ނިހާން ވާހަކަ ދައްކާފައިވާކަން ވެސް ހެކިންގެ ހެކިބަހުން އެނގޭ ކަމަށެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ އޭރު ކޮމިޝަނުން ގާޒީ ނިހާން ސަސްޕެންޑް ކުރީ އެ މައްސަލައާ ގުޅިގެން ފުލުހުން ދިން މައުލޫމާތުގެ އަލީގައި ކަމަށެވެ. ނިހާން ސަސްޕެންޑް ކޮށްފައިވަނިކޮށް ކްރިމިނަލް ކޯޓުން އެ މައްސަލަ ނިހާންގެ މައްޗަށް ސާބިތުވާ ކަމަށް ނިންމި ނަމަވެސް ފަހުން ހައިކޯޓުގައި އެ ހުކުމް އިސްތިއުނާފް ކުރުމުން އެ ކޯޓުން އެ ހުކުމް ބާތިލުކުރި ކަމަށާއި ދެން އެ ކޮމިޝަނުން އިންތިޒާރުކުރީ މިކަމުގައި ޕީޖީން އަމަލުކުރާނެ ގޮތަކާ މެދު ކަމަށް ޒަހީން ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މިހާރު ވަނީ ޕީޖީގެ ފަރާތުން ސުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފް ނުކުރާނެ ކަމަށް ނިންމާ އެކަމުގެ ސިޓީއެއް ލިބިފައި" ޒަހީން ވިދާޅުވިއެވެ.
އެހެންކަމުން ނިހާން ސަސްޕެންޑް ކޮށްފައި ހުރި ހުރުން މިއަދުން ފެށިގެން އުވާލުމަށް ކޮމިޝަނުގެ މިއަދު ބައްދަލުވުމުގައި ނިންމާފައިވާ ކަމަށްވެސް ޒަހީން ވިދާޅުވިއެވެ.
ނިހާންގެ ސަސްޕެންޝަން އުވާލި ނަމަވެސް އޭނާއާ ގުޅޭގޮތުން ޖޭއެސްސީން ތަހުގީގު ކުރަމުންދާ ސުލޫކީ މައްސަލަ ކުރިއަށްދާނެ ކަމަށްވެސް ޒަހީން ވިދާޅުވިއެވެ.
ގާޒީ ނިހާންގެ ސަސްޕެންޝަން ޖޭއެސްސީން އުވާލައިފ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ