މައުމޫން ފައުންޑޭޝަންގެ އިހްޔާ ޖަލްސާތައް މިއަހަރު ތިން ރޭ އޮންނާނެ

ކުރީގެ ރައީސް މައުމޫން އުފައްދަވާފައިވާ މައުމޫން ފައުންޑޭޝަނުން ރޯދަ މަހު ކުރިއަށް ގެންދާ އިހްޔާ ޕްރޮގްރާމް މި އަހަރުވެސް ކުރިއަށް ގެންދަން ނިންމައިފި އެވެ.
މިއަހަރު އިހްޔާ ޕްރޮގްރާމުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މެއި މަހުގެ 14، 21 އަދި ވަނަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގަ އެވެ.
މައުމޫން ފައުންޑޭޝަނުން ބުނީ މިޖަލްސާތަކުގައި ރައީސް މައުމޫން މިއަހަރުވެސް ތަގުރީރު ކުރައްވާނެ ކަމަށެެވެ.
ރައީސް މައުމޫން އިހްޔާ ޕްރޮގްރާމު ކުރިއަށް ގެންދަވަނީ އިސްލާމް ދީނާއި ސައިންސާ ގުޅުވާލައިގެން ހުށަހަޅާ އިލްމީ ލެޗްކާއެއްގެ ގޮތަށެވެ.
ގިނަ ބައެއްގެ ޝައުގުވެރިކަން ލިބިފައިވާ މިޕްރޮގްރާމުގެ ޖަލްސާތައް މިއަހަރު ފެށުމަށް ހަމަޖައްސާފައިވަނީ ރޭގަނޑު 10:00 ޖަހާއިރު އެވެ.
އިހްޔާ ޕްރޮގްރާމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ދައުވަތު އަރުވާ ކަަމަށްވެސް މައުމޫން ފައުންޑޭޝަނުން ބުނެ އެވެ.
ރައީސް މައުމޫން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން ފެއްޓެވި އިހްޔާ ޕްރޮގްރާމުގެ ތެރެއިން އެމަނިކުފާނު ފެނިފައި ނުވަނީ ހަަމައެކަނި މިދިޔަ އަހަރުގެ ރަމަޟާން މަހު އެވެ. އިހްޔާ ޕްރޮގްރާމުން މިދިޔަ އަހަރުގެ ރަމަޟާން މަހު ރައީސް މައުމޫން ފެނިފައި ނުވަނީ ޖަލުގައި ބަންދުކޮށްފައި ހުންނެވުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ