މަހިބަދޫ ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓުގެ ނަން އަނބުރާ ނަގައިފި

މަހިބަދޫ ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓު އަލީ އަހްމަދު ނަން އަނބުރާ ގެންގޮސްފިއެވެ.
އޭނާގެ ނަން ގެންދިއުމަށް ހުށަހަޅާފައިވަނީ އޭނާ އަމިއްލަކަށެވެ. އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ.
އަލީ އަހްމަދުގެ ނަން އަނބުރާ ނަގަން ނިންމިއިރު، ރައްޔިތުންގެ މަޖީލުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވާ ދެ ކެނޑިޑޭޓަކަށް އެމްޑީޕީން ވަނީ ތާއީދު ކުރުމަށް ނިންމާފައެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019ގައި މަހިބަދޫ ދާއިރާއަށް އެމް.ޑީ.ޕީ އިން ކުރިމަތިލި، ޢަލީ އަޙްމަދު (ރޭވިލާ، އދ. މަހިބަދޫ)ގެ ނަން އަބުރާ ގެންދިއުމަށް ހުށަހެޅި ހުށަހެޅުން އިލެކްޝަންސް ކޮމިޝަނުން ގަބޫލުކޮށްފި— Elections Commission (@ElectionsMv) March 17, 2019
އެމްޑީޕީން މިއަދުބުނީ ސަރުކާރުގެ ވަޢުދުތައް ފުއްދުމަށްޓަކައި ޢަދާލަތު ޕާޓީއިން ތާޢީދުކުރުމަށް ނިންމަވާފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން މަރުޙާބާ ކިޔާ ކަމުގައެވެ.
މީގެ އިތުރުން އެމްޑީޕީން ވާދަކުރާ 86 ދާއިރާގެ ތެރެއިން އދ މަހިބަދޫ ދާއިރާގެ އިތުރުން ނިލަންދޫ ދާއިރާއަށް ޢަދާލަތު ޕާޓީއިން ކަނޑައަޅާފައިވާ ކެންޑިޑޭޓުންނަށް ތާޢީދުކޮށް އެ ގޮނޑިތައް ކާމިޔާބުކުރުމަށް އެކުގައި މަސައްކަތްކުރުމަށް ނިންމާފައިވާކަމަށްވެސް އެމްޑީޕީން ބުނެއެވެ.
ޢަދާލަތު ޕާޓީއަކީ ރައީސް ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަމާއި ހިންގާފައިވާ ޚިޔާނާތާއި ވައްކަމާއި ދެކޮޅަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާއެކީ ފެށި މަސައްކަތުގައި މިހާތަނަށްވެސް އެކުގައި ސިޔާސީ މަސައްކަތްކުރަމުން އަންނަ ސިޔާސީ ޕާޓީއެއްކަންވެސް އެމްޑީޕީން ފާހަގަ ކުރެއެވެ.
އަންނަ އޭޕްރީލް މަހު އޮންނަ މަޖިލިސް އިންތިހާބުގައި އަށް ދާއިރާއަކަށް އަދާލަތު ޕާޓީގެ ކެންޑިޑޭޓުން ވާދަ ކުރެއެވެ. އަދި މިއަދުގެ ނިންމުމާއެކު އެމްޑީޕީން ވާދަކުރާނީ މަޖިލީހުގެ 85 ދާއިރާއަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ