މެމްބަރު ޢަބްދުއްރަހީމް އޭސީސީއަށް ހާޒިރުކޮށް ސުވާލުކޮށްފި

ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަހީމް ޢަބްދުﷲ އޭސީސީއަށް ޙާޟިރުކޮށް ސުވާލުކޮށްފިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޢބްދުއްރަހީމް ޙާޟިރުކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ އެމްޑީޕީގެ ބޭފުޅުންނާއި ސަރުކާރުގެ ބޭފުޅުން އެނގިވަޑައިގަންނަވާ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ވާހަކަދެއްކެވުމާ ގުޅިގެން ނެވެ. ޢަބްދުއްރަހީމް އޭސީސީއަށް ޙާޟިރު ކޮށްފައިވާކަމަށް އޭސިސީންވެސް ވަނީ ހާމަކޮށްފައެވެ.
އަބްދުއްރަހީމް ޢަބްދުﷲ އަކީ މިހާރު ޖަލަށް ލެވިފައިވާ އެއެމް ޕީއާރުސީގެ މައްސަލާގައި އެންމެ ބޮޑު ތުމަތެއް ކުރެވެމުންދާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނު ޢަބްދުލްޤައްޔޫމާއި އެއްމެ ރައްޓެހި ބޭފުޅާކަމަށް ބެލެވެއެވެ. ޕީއެންސީއާއި ޕީޕީއެމް ބައެއް މެމްބަރުން އަދި ރައީސް ޔާމީނަށް ސަޕޯޓްކުރާ ފަރާތްތަކުން ބުނާގޮތުގައި މިދަނޑިވަޅުގައި ރައީސް ޔާމީނަށް ސަޕޯޓްކުރާ ގިނަ މަޖުލިސްމެމްބަރުންނާއި ރައީސް ޔާމީނަށް ސަޕޯޓްކުރާ އެހެނިހެން އިސްފަރާތްތައް އަދި 19 ވަނަ މަޖުލިހަށް ކުރިމަތި ލާފައިތިބި މީހުން ތަފާތު ކޮމިޝަންތަކަށް ޙާޟިރުކުރުމުގެ ބޭނުމަކީ އެބޭފުޅުންނަށް މަޖުލިސްއިންތިޚާބު ކާމިޔާބު ކުރިއަ ނުދިނުން މަސައްކަތްކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ