ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން ހަތަރު މީހަކު ހޯދަނީ

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ނަމަވެސް ޙާޟިރުނުވާތީ ހަތަރު މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އެމީހުން ހޯދަން ފަށައިފިއެވެ.
މި އަމުރުތަކާ ގުޅިގެން ހޯދަނީ  ރ.އަލިފުށި / ކިނާރާ، ޢަލީ ނަޛީރު (36އ) އާއި ކ.މާލެ/ ގ.ޒަމާނީއާކުލަ، އިސްމާޢިލް ސާމިޚް އަޙްމަދު (38އ) އާއި ތ.ތިމަރަފުށި/ ބުރެވިމާގެ، އިބްރާހިމް ރަޝީދު (54އ) ކ.މާލެ/ މ.ޒެންތްރަމް، ޢަބްދުއްނާޞިރު އަޙްމަދު (51އ) އެވެ.
މިމީހުންގެ ތެރެއިން ޢަލީ ނަޛީރު  ހޯދަނީ ސިވިލް ކޯޓުން ދަޢުވާކުރާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން މާރިޗް 04ވަނަ ދުވަހުގެ 11:15ށް ސިވިލްކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.
އިސްމާޢިލް ސާމިޚް އަޙްމަދު ހޯދަނީ ސިވިލް ކޯޓުން ދަޢުވާކުރާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން މާރިޗް 05ވަނަ ދުވަހުގެ 10:45ށް ސިވިލްކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.
އިބްރާހިމް ރަޝީދު ހޯދަނީ ސިވިލް ކޯޓުން ދަޢުވާކުރާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން މާރިޗް 05ވަނަ ދުވަހުގެ 10:45ށް ސިވިލްކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.
ޢަބްދުއްނާޞިރު އަޙްމަދު ހޯދަމުންދަނީ ސިވިލް ކޯޓުން ދަޢުވާކުރާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން މާރިޗް07ވަނަ ދުވަހުގެ 10:45ށް ސިވިލްކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.
 މިމީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442ށް ގުޅާއި ހިއްސާކުރުމަށް އެދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ