ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޖަރުމަނަށް ފުރާ ވަޑައިގެންފި

ދިވެހީރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ޖަރުމަނަށް ދިއުމަށްޓަކައި ފުރައިވަޑައިގެންފިއެވެ.
މިނިސްޓަރ ޝާހިދުގެ މިދަތުރުފުޅަކީ ޖަރުމަންވިލާތުގެ ބާލިން ގައި މިމަހުގެ 9 އަކުން 10 އަކަށް ކުރިއަށްދާ ފަސްވަނަ "ބާރލިން ޓުރާންސިޝަން ޑައިލޮގް" ގައި ބައިވެރިވުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ.
"ބާރލިން ޓުރާންސިޝަން ޑައިލޮގް" އަކީ ބައިނަލްއަގްވާމީ ފޯރަމެކެވެ. މިފޯރަމުގައި ވާހަކަދެކެވޭނީ ރައްކާތެރި އަގުހެޔޮ އިއާދަކުރަނެވި ހަކަތަޔަށް ބަރޯސާވުމާއި ބެހޭގޮތުންނެވެ. މިވާހަކަތަކުގެ ތެރެއިން، އިއާދަކުރަނެވި ހަކަތައިގެ މިޒަމާނުގައި ޖިއޯޕޮލިޓިކްސް އަދާކުރާ ދައުރާ ބެހޭގޮތުން ބާއްވާ ޕެނަލް ޑިސްކަޝަންއެއްގައި ޝާހިދު ވާހަކަދައްކަވާނެއެވެ.
މިދަތުރުފުޅުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ޖަރުމަނު ސަރުކާރުގެ އިސްވަޒީރުންނާއި ޝާހިދު ވާހަކަ ދައްކަވާނެއެވެ. އެގޮތުން ޖަރުމަން ވިލާތުގެ ފޮރިން އެފެއާރޒް މިނިސްޓަރ ހައިކޯ މާސްއާ ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ.
މިއީ އެ ގައުމުން މިނިސްޓަރ ޝާހިދަށް އެރުވި ދައުވަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ