ގުރައިދޫ ދާއިރާގެ މެމްބަރު ރިޒާ، މާދަމާ ހުވައި ކުރައްވަނީ

އުމްރާގެ އަޅުކަމަށް ވަޑައިގެން ހުންނެވުމުގެ ސަބަބުން، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވައި ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި، ހުވައި ނުކުރެވުނު ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ، މެމްބަރު ކަމުގެ ހުވާކުރެއްވުން މާދަމާ ހެނދުނު މަޖިލީހުގެ އިދާރާގައި ބޭއްވުމަށް ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނިއުސްކޮންފަރެންސްގައި، މައުލޫމާތު ދެއްވަމުން، އަމީންއާއްމު ފާތިމަތު ނިއުޝާ މިއަދު ވިދާޅުވީ، އިންތިހާބުވެފައިވާ މެމްބަރުންގެ ތެރެއިން މެމްބަރު ކަމުގެ ހުވައި ނުކޮށް ހުންނެވި ރިޒާ މާލެ ވަޑައިގަންނަވާފައިވާ ކަމަށެވެ.
އެހެންކަމުން އޭނާ މެމްބަރު ކަމުގެ ހުވާކުރުމުގެ ރަސްމިއްޔާރު މާދަމާ ހެނދުނު 10:00 ގައި މަޖިލީހުގެ އިދާރާގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.
ނިއުޝާ ވިދާޅުވީ ރިޒާ ހުވާކުރައްވާނީ އެހެން މެންބަރުންވެސް ހުވައި ކުރެއްވި ގޮތަށް، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ ކުރިފުޅުމަތީގައެވެ.
މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާއަކީ އިދިކޮޅު ޕީޕީއެމްގެ މެންބަރެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މެންބަރުކަމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވީ ހުސްވިމެއި މަހުގެ 28 ވަނަ ދުވަހުގެ ރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ