ކްރިމިނަލް ކޯޓުގެ ގާޒީ އަހްމަދު ރަޝީދު ސިވިލް ކޯޓަށް ބަދަލުކޮށްފި

ކްރިމިނަލް ކޯޓުގެ ގާޒީ އަހްމަދު ރަޝީދު ސިވިލް ކޯޓަށް މިއަދު ބަދަލުކޮށްފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ މިބަދަލު ގެނައީ އަހްމަދު ރަޝީދުގެ އެދިވަޑައިގަތުމަކާ ގުޅިގެން ކަމަށެވެ.
ގާޒީ އަހްމަދު ރަޝީދު ސިވިލް ކޯޓަށް ބަދަލުކޮށްފައި މިވަނީ ސަސްޕެންޑް ކޮށްފައި އަހަރެއް ވަންދެން ބެހެއްޓުމަށްފަހު މިދިޔަ ހަފްތާގެ ތެރޭގައި އޭނާގެ ސަސްޕެންޝަން އުވާލާފައި ވަނިކޮށެވެ.
އަހްމަދު ރަޝީދު ކްރިމިނަލް ކޯޓުގައި ގާޒީ ކަން ކުރައްވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވަނިކޮށް، އޭނާ ސަސްޕެންޑް ކުރިއިރު ބައްލަވަމުން ގެންދެވީ މަސްތުވާތަކެއްޗާއި މަރުގެ ބޮޑެތި މައްސަލަތަކެވެ.
ގާޒީ އަހްމަދު ރަޝީދު ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރައްވާ މަގާމުގެ ފަތްކޮޅު ދެއްވީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ.
އަހްމަދު ރަޝީދު މީގެ ކުރިން ވަނީ ޖޭއެސްސީގައި ގާނޫނީ ވަކީލުން ތަމްސީލް ކުރައްވާ މެންބަރުގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރު ކަންވެސް ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ