އެއް މަސްވެސް ނުވާ ތުއްތުކުއްޖަކު ޕޮޒިޓިވް ވެއްޖެ

އެއްމަސްވެސް ނުވާ ތުއްތު ކުއްޖަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ.
ރޭ ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ތުއްތު ކުއްޖާ ޓެސްޓްކުރީ އެބަލީގެ އަލާމާތްތަކެއް ފެންނަން ފެށުމުން ކަމަށެވެ.
ޑރ ނަޒްލާ ވިދާޅުވީ ތުއްތުކުއްޖާ ގެ ގަައިން އެބަލީގެ އަލާމާތް ފެނިފައިވާއިރު ބައްޔަށް ޕޮޒިޓިވް މީހެއްގެ ކޮންޓެކްޓެއް ހުރީ އެ ކުއްޖާއާ ކޮންޓެކްޓް ވެފައިކަމަށެވެ.
ތުއްތުކުއްޖާގެ ގައިން ބަލީގެ އަލާމާތްތައް ފެނުމާއި ގުޅިގެން އެކުއްޖާގެ މަންމަވެސް ޓެސްޓް ކުރުމުގެ މަސައްކަތް މިހާރުކުރަމުން ދާކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.
މި ތުއްތުކުއްޖާ އަކީ މިހާތަނަށް މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވް ވި އެންމެ ތުއްތު ކުއްޖާއެވެ.
ދާދިފަހުން ކޮވިޑް-19 އަށް މާބަނޑު މީހަކުވެސް ވަނީ ޕޮޒިޓިވް ވެފައެވެ. ނަމަވެސް އޭނާގެ ތުއްތު ދަރިފުޅު ނެގެޓިވް ކަމަށްވެސް ޑރ ނާޒްލާ ވިދާޅުވި އެވެ.
ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1078 އަށް އަރާފައިވާއިރު މިހާރު ގުނަމުން މިދަނީ މިބަލި ޖެހޭ މީހުން އިތުރުވާނެކަމަށް އެޗްޕީއޭ އިން ލަފާކޮށްފައިވާ ދުވަސްތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ