ބައިކޮޅަށް ގިނަ ގޯލު ވަނީ ރާއްޖޭގެ ކުޅުންތެރިން ތަފާތުވުމުން: ބޫޓާން ކޯޗު

އޭޝިއަން ކަޕް ކޮލިފައިންގައި ރޭ ބޫޓާން ކޮޅަށް ރާއްޖެއިން ގިނަ ގޯލުތަކެއް ޖެހީ ބޫޓާން ކުޅުންތެރިންނަށްވުރެ ދިވެހި ކުޅުންތެރިން ތަފާތުވުމުން ކަމަށް ބޫޓާންގެ ކޯޗު ޓްރެވޯ މޯގަން ބުނެފިއެވެ.
ބޫޓާން ކޮޅަށް ރާއްޖެ 7 ގޯލު ޖެހި މެޗަަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެމުން ޓްރެވޯ ބުނީ މެޗުގެ ފުރަތަމަ ހާފުގައި ބޫޓާންގެ ފަރާތުން ފެނުނީ އުއްމީދީ ކުޅުމެއް ކަމަށެވެ. އެގޮތުން ފުރަތަމަ ހާފުގައި ރާއްޖެއަށް ޖެހުނީ އެއް ގޯލު ކަމަށާއި ގިނަ ގޯލުތަކެއް ނުވަނީ ބޫޓާން ކުޅުންތެރިންގެ ބުރަ މަސައްކަތުން ކަމަށެވެ
ކޯޗު ބުނީ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ދެވަނަ ހާފުގައި ދިވެހި ޓީމު ފެނުނީ އާދަޔާހިލާފަށް މޮޅުކޮށް ކަމަށެވެ. އެހެންކަމުން ބޫޓާންގެ ޑިފެންޑަރުންނަށް ދިވެހި ކުޅުންތެރިން ހިފަހައްޓަން އުނދަގޫވި ކަމަށާއި ރާއްޖެއިން ތިން ގޯލު ޖެހި ހިސާބުން ކުޅުންތެރިން މާޔޫސްވާން ފަށާފައިވާ ކަމަށް ބޫޓާންގެ ކޯޗު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ