ވަގަށް ނަގައިގެން އުޅުނު ކަރަންޓު ސާމާނުތަކެއް ހޯދައި ތިން މީހަކު ހައްޔަރުކޮށްފި

ގެއެއްގެ ގުދަނަކުން ވަގަށް ނަގާފައިވާ ކަރަންޓް ސާމާނުތަކެއް ފުލުހުން ހޯދައި ތުހުމަތު ކުރެވޭ ތިން މީހަކު ހައްޔަރުކޮށްފި އެވެ.
މިދިއަ އާދިއްތަ ދުވަހު ގ. އާރޯދި ގޭގެ ގުދަނަކުން ބަޔަކު ވަގަށް ނެގި ކަރަންޓް ސާމާނުތައް ފުލުހުން ހޯދުމަށް ފަހު މިހާރު ވަނީ ވެރިފަރާތާ ހަވާލުކޮށްފަ އެވެ. ފުލުހުން ބުނީ އެ ގޭގެ ގުދަނުން ވަގަށް ނެގި ކަރަންޓު ސާމާނުތަކުގެ ތެރެއިން ބައެއް އާލާތް ފެނިފައި ވަނީ ސަލްޓަންޕާކް ތެރޭގައި ތިބި ދެމީހަކާ ސުވާލުކޮށް ފާސް ކުރި އިރު އެމީހުންގެ އަތުގައި އޮތް ދަބަހަކާއި ކޮތަޅެއްގެ ތެރެއިން ކަމަށެވެ.
ފުލުހުން ބުނީ އެރޭ ބަނދަރު މަތީގައި އަގު ހެޔޮކޮށް މީހަކު ކަރަންޓް ސާމާނުތަކެއް ވިއްކާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެ ސަރަހައްދަށް ގޮސް އެމީހާ ހޯދައި ޗެކްކުރިއިރު އޭނާގެ އަތުން ވެސް އާރޯދި ގެއިން ގެއްލުނު ކަމަށް ބުނާ ބައެއް ސާމާނު ފެނުނު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ