އިގްތިސާދީ ދާއިރާގެ ވެރިން ހިމެނޭ ސައުދީގެ ވަފުދެއް ރާއްޖެ ވަޑައިގެންފި

ސައުދީ އަރަބިއްޔާގެ ގިނަ ވުޒާރާތަކާ ފަންޑުތަކުގެ އިސްވެރިން ހިމެނިވަޑައިގަންނަވާ ވަފުދެއް މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ 16 ބޭފުޅުންގެ މައްޗަށް އެކުލެވޭ މި ވަފުދުގައި ޑެޕިއުޓީ މިނިސްޓަރުންނާއި އިގްތިސާދީ ކަންކަމާ ގުޅޭ އިދާރާތަކުގެ އިސްވެރިން ހިމެނިވަޑައިގަންނަވާ ކަމަށެވެ.
އަދި މި ވަފުދުގެ ބައްދަލުވުމެއް މާދަމާ ހެނދުނު 11 ޖަހާއިރު އޮންނާނެ ކަމަށާއި ނަމަވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރާނެ ކަންތައްތަކާ ގުޅޭގޮތުން މިނިސްޓަރު ތަފްސީލެއް ނުދެއްވަ އެވެ.ސައުދީ ސަރުކާރުގެ އިސް ވަފުދެއް ރާއްޖެ ޒިޔާރަތް ކޮށްފައިވާ އިރު އެ ގައުމުގެ ވަލީއަހުދު ސަލްމާން ބިން އަބްދުލް އަޒީޒް މި އަހަރުގެ ކުރީކޮޅު ރާއްޖެ ވަޑައިގެން ވަނީ އެކި ދާއިރާތަކުން ރާއްޖެ އަށް އެހީ ދެއްވާނެކަން އިއުލާން ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ