ރާއްޖެ ޕްރޮމޯޓް ކުރާ އާ ބްރޭންޑަކަށް "އޯލްވޭޒް ނެޗްރަލް"

ރާއްޖެ ޕްރޮމޯޓް ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންގެ (އެމްއެމްޕީއާރްސީ) އިން އާ ސްލޯގަން އެއް ލޯންޗްކޮށްފި އެވެ.
ވެލާނާގޭގައި މިއަދު ބޭއްވި ހަފުލާއެއްގައި އާ ސްލޯގަން "އޯލްވޭޒް ނެޗްރަލް" ލޯންޗުކޮށްދެއްވީ އެމްއެމްޕީއާރްސީގެ ޗެއާމަން ތޮއްޔިބު މުހައްމަދާއި ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސައިމަން މައިކަލް ހޯކިން އެވެ.
އާ ސްލޯގަންއާ ހެދުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އެ ކުންފުނީގެ އޮފިޝަލެއް ކަމަށްވާ ޑޭވިޑް ކީމް ވިދާޅުވީ ތިމާވެށި ހިމާޔަތް ކުރަން ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ކުރައްވާ މަސައްކަތްތަކަށް އެ ކޯޕަރޭޝަން ފަހުރުވެރިވާ ކަމަށެވެ.
"މިއީ ހަމައެކަނި ލޯގޯއެއް ނޫން، މިއީ ހުރިހާ ދިވެހިންވެސް ފަހުރުވެރިވާނެ ލޯގޯއެއް، އެ ލޯގޯއަކަށް ހުރިހާ ގައުމަކުން ބާރުދޭނެ ލޯގޯއެއް،" އޯލްވޭޒް ނެޗްރަލްގެ ލޯގޯ (ފޮޓޯގައި) ޑިޒައިން ކުރުމުގައި ވެސް އިސްކޮށް އުޅުއްވި ޑޭވިޑް ވިދާޅުވިއެވެ.
ޗެއާމަން ތޮއްޔިބު މުހައްމަދު ވިދާޅުވީ އާ ސްލޯގަނާއި ލޯގޯ ހަދާފައި ވަނީ ގިނަ ދިރާސާތަކަކާއެކު ކަމަށެވެ. އަދި ވިދާޅުވީ ސްލޯގަން ބޭނުން ކުރާނީ ހަމައެކަނި ޓޫރިޒަމް ދާއިރާގައި ކަމަށާއި ރާއްޖޭގެ ހުރިހާ ކުންފުނިތަކާއި ހުރިހާ އިންވެސްޓަރުން ވެސް ބޭނުން ކުރާނެ ކަމަށެވެ
ސްލޯގަން އާއި ލޯގޯ ރަސްމީކޮށް ތައާރަފު ކުރުން ބާއްވާ ގޮތަށް ހަމަޖައްސާފައި ވަނީ ހާއްސަ ހަފުލާއެއްގައި ރައީސް ނަޝީދެވެ. އާ ސްލޯގަން އާއި ލޯގޯ އަން ޖެނުއަރީން ފެށިގެން ބޭނުން ކުރަން ފަށާނެ އެވެ. ރާއްޖެ ޕްރޮމޮޓް ކުރަން ކުރިން ބޭނުން ކުރަމުން އައި ސްލޯގަން އަލީ "ސަނީ ސައިޑް އޮފް ލައިފް" އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ