ބަނދަރު ސަރަހައްދަށް ކަރަންޓު ނުލިބޭތީ ކުނަހަންދޫ ރައްޔިތުންނަށް ގެއްލުންތަކެއް

ބަނދަރު ސަރަހައްދަށް ކަރަންޓު ނުލިބޭތީ ކުނަހަންދޫ ރައްޔިތުންނަށް އެކި ކަހަލަ ގެއްލުންތަކާ ކުރިމަތިވަމުންދާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ކުނަހަންދޫ ބަނދަރުގެ މަސައްކަތް ކުރީގެ ރައީސް ޑރ،މުހައްމަދުވަހީދު ހަސަން މަނިކުގެ ދުވަސްވަރު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. ނަމަވެސް އެމްޓީސީސީން އެމަސައްކަތް މުޅިން ނިންމާލާފައެއް ނުވެ އެވެ.
ކުނަހަންދޫ ކައުންސިލުން ބުނީ އެމްޓީސީސީއާއި ހަވާލު ކުރި ބަނދަރުގެ މަސައްކަތް އެ ކުންފުނިން ނިންމާލި އިރު ވެސް އިތުރަށް ކުރަންޖެހޭ މަސައްކަތްތަކެއް ހުރި ކަމަށާއި އަދި ވޭތުވެ ދިޔަ އަށެއްކަ މަސް ދުވަހުގެ ތެރޭގައި ރޭގަނޑު އެ ބަނދަރު ރައްޔިތުން ބޭނުންކޮށްފައިވަނީ ކަނު އަނދިރީގައި ކަމަށެވެ.
ކަރަންޓް ނެތުމުގެ ސަބަބުން ރޭގަނޑު އޮޑި ދޯނި ފަހަރަށް އަރާ ފޭބުމުގައި އެތައް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި އަދި މުދާ ބެލުމުގައި ވެސް ބޮޑެތި ދަތިތަކެއް ހުރިކަން އެ ކައުންސިލުން ހާމަކުރެ އެވެ.
ކުނަހަންދޫ ކައުންސިލުން ބުނީ ބަނދަރު ސަރަހައްދަށް ކަރަންޓު ނުދެވިގެން އުޅެނީ ކޭބަލު ނެތިގެން ކަމަށެވެ. ކޭބަލް ފޮނުވަން ބުނިތާ މިހާރު 6 މަސް ދުވަސްވެފައިވާ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ