ކޮންމެ އަހަރެއްގެ ރަމަޟާން މަހު ވެސް އޮންނަ ކޮކާ ކޯލާ ވެޓަރަންސް ކަޕް 2014 މިއަދު ހަވީރު ފަށާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހާމަކޮށްފި އެވެ.
އެފްއޭއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ލައިފް ބޯއީ ޓަރފް ގައި ބައްދަލުކުރާނީ ކްލަބް އީގަލްސް އާއި ބީޖީ ސްޕޯޓްސް ކަމަށެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:40 ގައި އެވެ.
މި މުބާރާތުގައި ޖުމްލަ 8 ޓީމެއް ބައިވެރިވެ އެވެ. އެއީ ބީޖީ އާއި އީގަލްސްގެ އިތުރުން ވިކްޓަރީ އާއި މަހިބަދޫ އާއި ދިވެހި ސިފައިންގެ ކުލަބާއި އޭވައިއެލް އާއި ކުލަބް ވެލެންސިއާ އަދި ސޮކާ ވެޓަރެންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އެވެ.
މި މުބާރާތުގައި ކުޅޭނީ 40 އަހަރުން މަތީގެ ކުޅުންތެރިންނެވެ. އެހެންނަމަވެސް 35 އަހަރުންމަތީގެ 4 ކުޅުންތެރިންނަށް ކޮންމެ މެޗެއްގައި ކުޅެވޭނެއެވެ.
މި މުބާރާތުގއި ބައިވެރިވާ ޓީމްތައް ދެ ގްރޫޕަށް ބަހާލުމަށް ފަހު ފުރަތަމަ ބުރު ކުޅެވޭނެއެވެ. ފުރަތަމަ ބުރުގައި ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ދެވަނަ ބުރަށް ދާނެއެވެ. އަދި އެއްމެ ގިނަ ޕޮއިންޓް ހޯދައިގެން ތިންވަނައަށް ދާ ޓީމްވެސް ދެވަނަ ބުރަށް ދާނެއެވެ. މި ފަސް ޓީމްގެ މެދުގައި ދެވަނަ ބުރު ކުޅުމަށް ފަހު އެއްމެ ގިނަ ޕޮއިންޓް ލިބޭ ހަތަރު ޓީމް ތައް ސެމީ ފައިނަލަށް ދާނެއެވެ.
މުބާރާތުގެ ފައިނަލް މެޗް އޮންނާނީ ޖުލައި މަހުގެ 27 ވަނަ ދުވަހުއެވެ. ކޮކާކޯލާ ވެޓަރަންސް ކަޕް 2014 ގެ މެޗްތައް ކުޅޭނީ ހަވީރު 4:40 ގަ ލައިފް ބޯއީ ޓަރފްގައެވެ.
ވެޓަރަންސް މުބާރާތް މިއަދު ހަވީރު ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ