މުޖުތަމަޢުއާ އެކަށީގެން ނުވާ ހެދުމެއްގައި ރިޝްމީ

ރާއްޖޭގެ މުޖުތަމަޢުއާ އެކަށީގެން ނުވާ ހެދުމެއްގައި މަޝްހޫރު ފިލްމީ ބަޠަލާ އާއިޝަތު ރިޝްމީ މިހާރު ކުރިއަށް ދާ އިލްޝާ މޯލްޑިވްސް ފިލްމް އެވޯޑްސްގައި ބައިވެރި ވަމުން އެބަ ގެންދެ އެވެ.
ޓީވީއިން މުޅި ރާއްޖެއަށް ވަގުތުން ދުރަށް ދައްކަމުން ދާ "އިލްޝާ މޯލްޑިވްސް ފިލްމް އެވޯޑްސް 2014" ގައި ރިޝްމީ ލައިގެން ހުރި ހެދުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ. އަދި ސޯޝަލް މީޑިޔާގައި ވެސް ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.
މިހާރު ކުރިޔަށް ދާ އެވޯޑް ހަފްލާގައި ކުރު ފިލްމު ބައިން އެންމެ މޮޅު ސަޕޯޓިންގް އެކްޓްރެސް އަކަށް ހޮވިފައި ވަނީ ވެސް އާއިޝަތު ރިޝްމީ އެވެ.
މީގެ ކުރިން މުޖުތަމަޢުއާ އެކަށީގެން ނުވާ ހެދުމެއް ލައިގެން މަގުމަތީގައި އުޅުނު ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެ އެވެ.
އެގޮތުން މާލޭ މަގުމަތީގައި ނިވާކަން ކުޑަ ހެދުމެއް ލައިގެން އުޅުނު 16 އަހަރުގެ ކުއްޖަކު 5 މެއި 2013 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
ޗާންދަނީ މަގު ފިހާރައެއްގެ ތެރޭގައި ހުއްޓާ، އެ ކުއްޖާ ގޮވައިގެން ފުލުހުން ދިޔައީ ފުލުހުންގެ ކޯޓެއް ލައްވައިގެންނެވެ.
އެމްވީޔޫތަށް މަޢުލޫމާތު ދެމުން، ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ފިލްމީ ތަރިޔަކު މުޖުތަމަޢުއާ ނުގުޅޭ ހެދުމެއް ލައިގެން ހުރި ކަމުގެ ޝަކުވާ އަދި އެއްވެސް ފަރާތަކުން ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ