މާމެންދޫ ގެއަކުން ވަގަށް ނެގި ތަކެތި ހޯދާ ތިން މީހަކު ހައްޔަރުކޮށްފި

ގއ. މާމެންދޫ ގެއަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދައި އެތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ފިރިހެނަކާއި 31 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ދިވެހި ފިރިހެނުންނެވެ.
މިދިޔަ ހޯމަ ދުވަހުގެ ހަވީރު 4:20 ހާއިރު މާމެންދޫ ގެއަކުން ކަރަންޓު ސާމާނުތަކެއްގެ އިތުރުން ބައެއް ތަކެތި ވަގަށްނެގި ކަމުގެ ތުހުމަތުގައި އެ ތިން މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ހަމަ އެ ދުވަހު ކަމަށްވެސް މައުލޫމާތުދެ އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ވިލިނގިިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށް އެ މައްސަލަ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ