ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ފެނަކައިން ހިތާދޫއަށް ޖެނަރޭޓަރު ސެޓު ފޮނުފަައިފި

ކަރަންޓު ކެޕޭސީޓީ އިތުރު ކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބ. ހިތާދޫއަށާއި ޖެނަރޭޓަރު ސެޓު ފޮނުވައިއެވެ.
ފަނަކައިން ބުނީ، އެރަށުގައި ކަރަންޓުގެ ޑިމާންޑާ އެއްވަރަށް ކޭޓާ ކުރުމަށް ދަތިތަކަކާ ކުރިމަތި ވެފައި ވާކަމަށެވެ. އަދި ދޭތެރެއަކުން ކަރަންޓު ކެންޑުމާއި، އެނޫންވެސް މައްސަލަތައް ދިމާވާ ކަމަށާއި، އެ ރަށަކީ ގެސްޓް ހައުސްގެ ވިޔަފާރިވެސް ކުރާ ރަށެއް ކަމުން، އޭގެ ސަބަބުން އެ ރަށުގެ ރައްޔިތުންނައި ވިޔަފާރި ވެރިންނަށް ދަތިތަކަކާ ކުރިމަތިލާން ޖެހިފައި ވާކަމަށެވެ.
އެ މައްސަލަތައް ހައްލުކުރުމަށް ހިތާދޫއަށް ފޮނުވާފައި ވަނީ 400 ކިލޯވޮޓުގެ ޖެނަރޭޓަރު ސެޓެކެވެ.
ފެނަކައިން ބުނީ، އަލަށް ފޮނުވި ޖެނަރޭޓަރު ސެޓާއެކު އެ ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތަކަށް ދިގު މުއްދަތުގެ ހައްލެއް ލިބިގެން ދާނެ ކަމަށެވެ. އަދި އާ ޕަވާ ކޭބަލްތައް އިންޖީނުގެއާ ގުޅާލުމުގެ މަސައްކަތް މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށާއި، އެ މަސައްކަތް ނިމުނުހާ އަވަހަށް ޖެނަރޭޓަރު ސެޓު އިންސްޓޯލް ކުރެވޭނެ ކަމަށް ފެނަކައިން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ