މާދަމާ ކަރަންޓް ދޭނީ ހިޔާ ޓަވަރުގެ 9 އަދި 10 އަށް: ސްޓެލްކޯ

ހިޔާ ފްލެޓްގެ ޓަވަރުތަކުގެ ތެރެއިން 9 އަދި 10 ވަނަ ޓަވަރު ފްލެޓްތަކަށް މާދަމާ ކަރަންޓް ދޫކުރާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ މާދަމާ ކަރަންޓު ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްގެ ވެރި ފަރާތަށް އެސްއެމްއެސް މެދުވެރިކޮށް ހާޒިރުވާންޖެހޭ ވަގުތު އަންގާނެކަމަށެވެ.
އަދި ފްލެޓްގެ ވެރިފާރާތުން އެ މީހަކަށް ހާއްސަ ކުރެވިފައިވާ ގަޑިއަށް ސްޓެލްކޯއިން ދޫކޮށްފައިވާ ސްލިޕްކޮޅާއި ފްލެޓުގެ ތަޅުދަނޑިއާއެކު ހާޒިރުވުމަށްވެސް އެ ކުންފުނިން ވަނީ އެދިފައެވެ.
މީގެ އިތުރުން ސްޓެލްކޯއިން ވަނީ 9 ވަނަ ޓަވަރުން ފްލެޓް ލިބި، އެޗްޑީސީއާއެކު ސޮއިކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ސްޓެލްކޯއާއިއެކު ސޮއި ކޮށްފައިނުވާ ފަރާތްތަކުން މާދަމާ ސްޓެލްކޯގެ ހުޅުމާލޭ އޮފީހަށް ގޮސް ސޮއިކުރުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް އެދިފައެވެ.
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ޓަވަރުތަކަށް ދާއިމީ ކަރަންޓު ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ފަށާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ