ރައްޔިތުންގެ މެދުގައި އިންސާފު ގާއިމްކުރުމަށް މަސައްކަތް ކުރަންޖެހޭ: މެމްބަރު ޝަރީފް

އިޖްތިމާޢީ އަދާލަތާ ރައްޔިތުންގެ މެދުގައި އިންސާފެއް ގާއިމްކުރުމަށް ސަރުކާރުން އަމާޒުހިފުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ބަޖެޓަށް ބަހުސްކުރައްވަމުން މެމްބަރު ވިދާޅުވީ އިސްކަންދޭ ތަރުތީބުން ގައުމަށް ލިބޭ މަދު އާމްދަނީ ހޭދަކުރަމުންދާއިރު ބޭކާރު ޚަރަދު ނުކޮށް ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ މުހިންމު ކަންކަމަށް އިސްކަންދީގެން ތަރުތީބުން ކަންކަން ކުރުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
އެހެންނޫންނަމަ އެދޭފަދަ ހެޔޮ ބަދަލެއް ގައުމަށް ނާންނާނެ ކަން މެމްބަރު ޝަރީފް ފާހަގަކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ ބަޖެޓަށް ބަހުސްކުރާއިރު ފުންކޮށް ވިސްނާލަންޖެހޭ ކަމެއް އެބައޮތް ކަމަށާއި އެގޮތުން ބަޖެޓުގައި ތަފާތު ގިނަ މަޝްރޫޢުތަކެއް ހިމަނާނީތޯ ނުވަތަ އެ އަހަރެއްގެ ބަޖެޓުގައި ކަނޑައަޅާ ކޮންމެވެސް އެއް މަޝްރޫޢެއް ހިންގާނީތޯ ނުވަތަ ބައިބަޔަށް ބަހާލައިގެން ތިން އަހަރުން މަޝްރޫޢެއް ހިންގާނީތޯ ކަމަށެވެ.
ބަޖެޓުގައި މަރަދޫގެ ތަރައްގީއަށް ކަނޑައަޅާފައިވާ އަދަދާ މެދު ހިތާމަކުރައްވާކަން ފާހަގަކުރައްވާ މެމްބަރު ވަނީ ރައްޔިތުންނަށް މުހިންމު ކަންކަން ކޮށްދިނުމަށް ސަރުކާރުގައި އެދިވަޑައިގެންފައެވެ.
މެމްބަރު ވިދާޅުވީ މޮނިއުމަންޓް ތައްޔާރުކުރާ ގޮތަށް ގައުމުގެ ބަޖެޓް ހޭދަކުރަން ވެއްޖެ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.
މިއީ އުންމީދީ ބަޖެޓެއް ކަމަށާއި ބަޖެޓުން ފެނިގެންދަނީ ހުރިހާކަމެއް ފޫބެއްދި އިގްތިސާދު އަލުން އަރައިގަނެވޭތަން ކަމަށް މެމްބަރު ޝަރީފް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ