އުމަރު ޒާހިރު އަވަހާރަ ވެއްޖެ!

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ، އުމަރު ޒާހިރު ދާދިދެންމެއަކު އަވަހާރަ ވެއްޖެއެވެ.
ރާއްޖެ އަށް ވަރަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އުމަރު ޒާހިރު އަވަހާރަވީ ކޮވިޑް-19 އަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު އުމުރުފުޅުން 85 އަހަރުއެވެ. 
މައުލޫމާތު ލިބިފައިވާ ގޮތުގައި އުމަރު ޒާހިރު އަވަހާރަވީ އިއްޔެ ހަވީރު 3:30 ހާއިރުން ފެށިގެން އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށްކަމަށެވެ.
އުމަރަ ޒާހިރަކީ 1953 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރު ގިނަ، އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. 
އަވަހާރަވިއިރު، އަންހެން ބޭފުޅަކާއި ކާފަ ދެ ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ