އޭސީސީން ތަހުގީގު ކުރަނީ އުމަރު ހިންގެވި ކަމަށް ބުނާ ކޮރަޕްޝަން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ތަހުގީގު ޓީމެއް ހޯމް މިނިސްޓްރީއަށް ވަދެ ތަހުގީގު ކުރަމުންދަނީ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެ ވުޒާރާގައި ހިންގެވި ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލަތެއް ކަމަށް ބުނެފި އެވެ. ހޯމް މިނިސްޓްރީގައި މިއަދު މެންދުރު ކުއްލި ގޮތަކަށް ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިސްޓަރު އަހުމަދު އަޒްލީން ވިދާޅުވީ އޭސީސީން ތަހުގީގު ކުރަނީ "މިނިވަން 50"އާ ގުޅިގެން 2015 ވަނަ އަހަރު ހޯމް މިނިސްޓްރީން ހިންގާފައިވާ ކަންތައްތައް ކަމަށެވެ. ހޯމް މިނިސްޓަރަކަށް އުމަރު ނަސީރު ހުންނެވިއިރު، މިނިސްޓްރީގެ ޕްރޮކިއުމަންޓުގެ މަސައްކަތްތަކާއި މާލީ ޒިންމާދާރުވެރިޔާގެ މަސައްކަތް "ބައިޕާސްކޮށް" އޭރުގެ މިނިސްޓަރު ބޭނުންވާ ފަރާތްތަކަށް މަސައްކަތް ހަވާލުކޮށްފައިވާ ކަމަށެވެ. (ތަފްސީލު އަންނަނީ....)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ