ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން، ތިން އަތޮޅަކަށް މޫސުން ގޯސްވެއްޖެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން މިރޭ މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރ (މެޓް) އިން ދެކުނުގެ ތިން އަތޮޅަކަށް ހުދު ސަމާލު ނެރެފައިވާއިރު، މި ސަމާލު ނެރެފައި ވަނީ ގއ. އަތޮޅުން ފަށައިގެން ފުވައްމުލައް ސިޓީ އާއި ހަމައަށެވެ.
މޫސުމާއި ބެހޭ އިދާރާއިން މި އަތޮޅުތަކަށް ހުދު ސަމާލު ނެރެފައި ވަނީ މިރޭ 22:45 އިން ފަށައިގެން މެންދަމު 2:00 އާއި ހަމައަށެވެ.
މޫސުމާއި ބެހޭ އިދާރާއިން ބުނެފައިވާ ގޮތުގައި، ހުދު ސަމާލުގެ ވަގުތު މި ސަމާލު ނެރެފައިވާ ތިން އަތޮޅަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެއެވެ.
އެ އިދާރާއިން މޫސުން ކުރިޔަށް ލަފާކުރާގޮތް ހާމަކޮށް މިއަދު ބުނެފައިވަނީ، ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކުރުން އެކަށީގެންވާ ކަމަށެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ބުނެފައި ވެއެވެ.
އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކޮށްފައި ވާއިރު، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
ތިން އަތޮޅަކަށް މޫސުން ގޯސްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ