170 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދައުލަތުން ދޭން ނިންމި ދީބާޖާގެ ވެރިންނާއެކު ރައީސް ނަޝީދު

ދައުލަތުން 174 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް ނިންމާފައިވާ ދީބާޖާގެ ހިއްސާދާރުންނާއެކު، ރައީސް ނަޝީދު ބައްދަލުކުރައްވާ ފޮޓޯތަކެއް ފެންމަތިވެއްޖެއެވެ. މިފޮޓޯތައް ދިޔަރެސްއަށްވެސްވަނީ ލިބިފައެވެ. މިފޮޓޯތައް ހިއްސާކުރެއްވި ފަރާތުން މަޢުލޫމާތުދެއްވާފައިވާ ގޮތުގައި ނަޝީދު ދީބާޖާގެ އެމްޑީ ޝާހީނާ ބައްދަލުކުރައްވާފައިވަނީ ދީބާޖާގެ އޮފީހުގައެވެ. މިފޮޓޯގައި ރައީސް ނަޝީދު އަރިހުގައި ޖެހިގެން އިންނެވި ބޭފުޅަކީ ދީބާޖާގެ މެނޭޖިން ޑިރެކްޓަރ ޝާހީނެވެ. މިބައްދަލުވުމުގައި ނަޝީދުގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ ގިނަ ޢަދަދެއްގެ މަޖިލިސް މެންބަރުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. އެގޮތުން ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖޭއެސްސީގެ ރައީސް ޙިސާން ޙުސައިނުގެ އިތުރުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފާއި މަކުނުދޫ ދާއިރާ މެންބަރު ރާއީވެސް ހިމެނިވަޑައިގެންނެވިއެވެ. އަދި ހަނިމާދޫ ދާއިރާގެ މެންބަރު ޣަފޫރާއި ކުޅުދުއްފުށި ދެކުނުދާއިރާގެ މެންބަރު ޖަމްޝީދުވެސް މިބައްދަލުވުމުގައި ތިއްބެވިއެވެ. އެބޭފުޅުންގެ އިތުރުން އެމްއެމްޕީއާރުސީގެ ގިނަ ޢަދަދެެއްގެ ފައިސާ އެބޭފުޅެއްގެ ހިއްސާއޮންނަ ކަމުގައި ބެލެވޭ ކުންފުންޏަކަށް ލިބިފައިވާ އަދި އެމްޑީޕީގެ އިސްބޭފުޅެއް ކަމުަގއިވާ ޕިރަމިޑް މަޢުޞޫމުވެސް މިބައްދަލުވުމުގައި އިންނެވިއެވެ. މިފަދަ ބައްދަލުވުމުގެ ފޮޓޯ ލިބިފައިވާއިރު، ސަރުކާރުން ކޯޓުން ބޭރުގައި ދީބާޖާއަށް ބަދަލު ދިނުމަށް ނިންމި ނިންމުން މަޑުޖައްސައި، ބަދަލު ދިނުމަށް ސުޕްރީމް ކޯޓުން ކުރި ޙުކުމް މުރާޖަޢާކުރަން ބަންޑާރަނައިބު އިބްރާހީމު ރިފްޢަތުގެ އަރިހުން އެދުމަށް މަޖިލިހުން މިމަހުގެ 3ވަނަ ދުވަހުގައި ފާސްކޮށްފައިވެއެވެ 
މިލިޔުން ކިޔާލުމުން
20 %
އުފާވި
0 %
ދެރަވި
70 %
ރުޅިއައި
10 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އިބުރާ
ﷲ ރަހްމަތާ މަ ދަަ ދުލިބިގެން މާލަސްތަކެއްނުވެ ތިކުރާބޮޑެތިވައްކަން ބަލާނެބަޔަކު މިގައުމާހަވާލުވާނެ އަންޝާ ﷲ
REPLY
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ