ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރިޝިއާ ސޮކްޓްލޭންޑާއި ބައްދަލުކުރައްވައިފިއެވެ.ޝާހިދު ކޮމަންވެލްތުގެ އެސްޖީއާއި ބައްދަލުކުރައްވާފައި ވަނީ އެމަނިކުފާނު ނިއު ދިއްލީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެއެވެ. ޚާރިޖީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގައި ޝާހިދުވަނީ ރާއްޖެ ކޮމަންވެލްތާއި ގުޅެން ދެން ކުރަން ޖެހޭ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ކޮމަންވެލްތުން ރާއްޖެއަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށްވެއެވެ. ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވެފައިވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައެވެ. އޭރު ކޮމަންވެލެތުން ރާއްޖޭގެ ދާހިލީ ކަންކަމާއި ވަރަށް ބޮޑަށް ބެހެމުން ދާތީ ރައީސް ޔާމީންގެ އިސްނެންގެވުމުގެ މަތިން ރާއްޖެ ކޮމަންވެލްތުން ވަކިވިއެވެ. ކޮމަންވެލްތަކީ އެ ޖަމިއްޔާގެ މެމްބަރަކަށްވުމުން މާ ބޮޑު ފައިދާތަކެއް ވާ ޖަމިއްޔާއެއް ނޫންކަން ފާހަގަކޮށްލެވެއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަބްދުﷲ ޝާހިދު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާއި ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ