ޗައިނާގައި ވިހޭތާ 30 ގަޑިއިރު ނުވާ ތުއްތު ކުއްޖަކަށް ކޮރޯނާ ވައިރަސް ޖެހިއްޖެ އެވެ.
Advertisement
ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުނީ މިއީ މި ވައިރަސް ޖެހުނު އެންމެ ތުއްތު ކުއްޖާ ކަމަށެވެ. އެ ކުއްޖާ ވިހާފައި ވަނީ ފެބްރުއަރީ ދެވަނަ ދުވަހު ވޫހާން ސިޓީ އަށެވެ. އެއީ މި ވައިރަސް އެންމެ ފުރަތަމަ ފެނުނު ތަނެވެ. ކުއްޖާ ވިހެއުމުގެ ކުރިން އެ ކުއްޖާގެ މަންމަ ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. ނަމަވެސް ދަރިފުޅަށް ވައިރަސް ޖެހުނީ ކޮން ގޮތަކުން ކަމެއް އަދި ސާފެއް ނުވެ އެވެ. ބައެއް ސިއްހީ ތަޖުރިބާކާރުން ބުނެފައި ވަނީ މި ވައިރަހަކީ މަންމަގެ ބަނޑުގައި ދަރިފުޅު އޮންނައިރު، ދަރިފުޅުގެ ގަޔަށް އެރުން އެކަށީގެންވާ ވައިރަހެއް ކަމަށެވެ.އެކަމަކު ވިހެއުމަށް ފަހު މަންމަގެ ގައިން ވައިރަސް ދަރިފުޅުގެ ގަޔަށް އަރާފައިވުން ވެސް އެކަށީގެންވެ އެވެ. މި ވައިރަހާ ބެހޭ މާ ގިނަ ދިރާސާތަކެއް ނެތުމުން އެކަން އަދި ޔަގީނެއް ނުކުރެވެ އެވެ. މި ވައިރަސް މިހާތަނަށް މާ ގިނަ ކުޑަކުދިންނަށް ޖެހިފައެއް ނުވެ އެވެ. ޝިންހުއާ ނިއުސް އޭޖެންސީން ބުނީ ވައިރަސް ޖެހުނު ތުއްތު ކުއްޖާގެ ހާލު މިހާރު ރަނގަޅު ކަމަށާއި، އޮބްޒަވޭޝަނުގައި އޮތް ކަމަށެވެ.
ވިހޭތާ 30 ގަޑިއިރު ނުވާ ތުއްތު ކުއްޖަކަށް ކޮރޯނާ ވައިރަސް ޖެހިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ