އުއްތަމަ ފަނޑިޔާރުކަމަށް މިވަގުތު ރާއްޖޭގައި ހުރި އެންމެ ޤާބިލު ބޭފުޅަކީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ކަމަށް ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ.ޝަހީދު ވިދާޅުވެއްޖެއެވެ.ޑރ.ޝަހީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. މިގޮތުން ޝަހީދު ވިދާޅުވެފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރަކަށް އެންމެ ރަނގަޅުވާނީ އެއްވެސް އަތަކަށް ބުރަނުވެ ސީދާ ކަން އޮތް ގޮތަށް ސާބިތު ކަމާއި އެކު ހައްޤު ބަސް ބުނަން ކެރޭ ޤާނޫނީ އިލްމުވެރިއެއް ކަމަށެވެ. އަދި ހުސްނުއްު ސުއޫދަކީ މިވަގުތު ރާއްޖޭގައި ހުންނެވި އެންމެ ޤާބިލް ބޭފުޅާ ކަމުގައި ޝަހީދު ވިދާޅުވިއެވެ. ހުސްނުއްސުއޫދަކީ ރައީސް ސޯލިހު އުފައްދަވާފައިވާ މަރުތަކާއި ބެހޭ ކޮމިޝަނުގެ ރައީސެވެ. މަރުގެ މައްސަލަ ތަކުގައި ހުސްނުއްސުއޫދު އަމަލު ކުރައްވާ ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން ސުއޫދަށް ވަނީ އަމާޒުވެފައެވެ. އުއްތަމަ ފަނޑިޔާރުކަމަށް އެންމެ ޤާބިލު ބޭފުޅަކީ ސުއޫދުކަމަށް ޝަހީދު ވިދާޅުވެފައިވާއިރު ޖުޑިޝަލް ސާވިސް ކޮމިނުން ވަނީ މިހާރުގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ސަސްޕެންޑުކޮށްފައެވެ. އަދި އެމަނިކުފާނު މަޤާމުން ވަކިކުރުމަށް މަޖްލީހަށް ހުށަހަޅާފައެވެ. ނަމަވެސް މިރޭ ނެރުއްވި ބަޔާނެއްގައި އުއްތަމަ ފަނޑިޔާރު ވަނީ އެ ސަސްޕެންޝަން ބަލައި ނުގަންނާނެކަމަށް ވިދާޅުވެފައެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
100 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ނާޅި
އަފުރާޝީމްގެ ރިޕޯޓް މިމީހުން ބޭނުން ގޮތަށް ނެރުނީމަ ރަގަޅުވީތޯ ؟
REPLY
އުއްތަމަ ފަނޑިޔާރުކަމަށް މިވަގުތު ރާއްޖޭގައި ހުރި އެންމެ ޤާބިލު ބޭފުޅަކީ ސުއޫދު: ޑރ.ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ