މަޖިލީހުގެ އެންމެ ހަގު މެމްބަރު މުހައްމަދު ވިސާމް ކައިވެނި ބައްލަވައިގެންފި

19 ވަނަ ރައްޔިތުންގެ މަޖިލިހުގެ އެންމެ ހަގު މެމްބަރު މުހައްމަދު ވިސާމް ކައިވެނި ބައްލަވައިގެންފި އެވެ.
Advertisement
މިހާރު ކުރިއަށްދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެންމެ ހަގު މެމްބަރު މުހައްމަދު ވިސާމް (ސަމްޕަތު) ކައިވެނި ބައްލަވައިގެންފި އެވެ.
ވިސާމު ކައިވެނި ބައްލަވައިގެންފައިވަނީ ފުވައްމުލަކަށް ނިސްބަތްވާ އައިޝަތު ޝާން އާއެވެ. އައިޝަތު ޝާން އަކީ ވިޝާމު ކުރިން މަސައްކަތް ކުރެއްވި ރާއްޖެ ޓީވީގެ މުވައްޒަފެކެވެ.
ވިސާމުގެ ކައިވެނި ހަފްލާ ރޭގެ ވަގުތެއްގައި ބާއްވާފައިވަނީ ދަރުބާރުގޭގަ އެވެ. މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ.
ގަމު ދާއިރާގެ މަޖިލިސް މެންބަރު ވިސާމުގެ ކައިވެނި ހަފްލާއަށް ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި މަޖިލީހުގެ ބައެއް މެންބަރުން ވެސް ވަޑައިގެންފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް އިންތިހާބުވުމުގެ ކުރިން ވިސާމަކީ ރާއްޖެ ޓީވީގެ ނޫސްވެރިއެއްގެ ގޮތުގައި މަޝްހޫރު ބޭފުޅެކެވެ.
ވިސާމު ފާހަގަކުރެވުނީ ނޫސްވެރިކަމަށް ވަރަށް ބޮޑު ޝައުގު ހުރެގެން އެކަން ކުރެއްވި ހިތްވަރު ގަދަ ނޫސްވެރިއެއްގެ ގޮތުގަ އެވެ. ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ނިމިދިޔަ ސަރުކާރުން ވަނީ ވިސާމު ޖަލަށްވެސް ލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ