ކަރަންޓް ކެނޑުނީ 10 މިނެޓަށް، ޚިދުމަތް ފަށައިފިން: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މިއަދު ކަރަންޓް ކެނޑުނުތާ ގާތްގަނޑަކަށް 10 މިނެޓް ތެރޭގައި އަލުން ކަރަންޓް ދީފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.
އެތަން ހިންގާ އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު ވިދާޅުވީ، އެއާޕޯޓުގެ ހުރިހާ ސަރަހައްދަކުން ވެސް ކަރަންޓު ކެނޑުނު ކަމަށެވެ.
އެކަމަކު މިހާރު އެއާޕޯޓުގެ ހުރިހާ ސަރަހައްދަކަށް ވެސް ކަރަންޓް ލިބި، އޮޕަރޭޝަންސްތައް ފަށާފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.
We experienced a 10 minute power outage @VelanaAirport from 1115hrs to 1125hrs. Our operations went on with minimal interruptions as our back up systems are in place for any such emergencies. pic.twitter.com/9Z1BzhF73g— MACL (@MACLmedia) December 24, 2019
އެމްއޭސީއެލްގެ ޓުވީޓްހަސަން ވިދާޅުވި ގޮތުގައި ކަރަންޓް ދިޔައީ ޖެނެރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.
އެއާޕޯޓުގެ އެންމެ ބާރުބޮޑު އެއް ގަޑީގައި ކަރަންޓް ދިޔަ އިރު މިދިޔަ އާދިއްތަ ދުވަހު، އެއާޕޯޓުގެ ރަންވޭ ކުއްލިގޮތަކަށް ސާފުކުރަން ޖެހުމުން ދެ ފަހަރެއްގެ މަތިން ބަންދުކޮށްފައިވެ އެވެ. އެއާއެކު ގިނަ އަދަދެއްގެ ފްލައިޓްތައް ޑިލޭވެ، އެހެން ބައެއް މަންޒިލްތަކަށް ޑައިވާޓުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ