ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު މިރޭ ފުލުހަށް ހާޒިރުކުރަނީ

ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު - ފޮޓޯ : ސަން އޮންލައިންކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު މިރޭ ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.އިސް ގާޒީ އަބްދުﷲ އަށް ފުލުހުން ފޮނުވި ޗިޓުގައި ވަނީ މިރޭ 20:30 ށް ޕޮލިހަށް ހާޒިރުވުމަށެވެ.  އަދި ބުނެފައި ވަނީ އިސް ގާޒީ ހާޒިރު ކުރައްވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.އަބްދުﷲ ގާޒީ “ސަން އޮންލައިން” އަށް ވިދާޅުވީ ފުލުހަށް ހާޒިރުވާން މިއަދު ޗިޓް ލިބިފައިވާ ކަމަށާއި ފުލުހުން އެމަނިކުފާނު ހާޒިރު ކުރަން ބޭނުންވަނީ ކީއްވެގެން ކަން އެނގިވަޑައި ނުގަންނަވާނެ ކަމަށެވެ.“ޝައްކު ކުރައްވަނީ ތުހުމަތު ކުރައްވަނީ ކޮން ކަމަކަށް ކަމެއް ނޭނގޭ، ޗިޓު އެބައޮތް ލިބިފައި،” އަބްދުﷲ ގާޒީ ވިދާޅުވި އެވެ.ސާބިތު ނުހިފޭ ވާހަކަ ދެއްކެވި ކަމަށް ތުހުމަތުކޮށް ފުލުހުން ހައްޔަރުކުރި ޑރ. ޖަމީލް ހައްޔަރުކުރީ ޤާނޫނު އަސާސީއާ ޚިލާފަށްކަމަށް ކަމަށް ކަނޑައަޅައި އޭނާ ދޫކޮށްލަން ރޭ އަމުރު ކުރެއްވީ އަބްދުﷲ ގާޒީ އެވެ.ޑރ. ޖަމީލް ވެސް މިރޭ 20:30 ށް ޕޮލިހަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ