ގައްޒާފީ ހައްޔަރުކުރުމުގެ އަމުރު އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ނެރެފި
ލިޔުނީ: އިބްރާހިމް މަބްރޫކްލީބިޔާގެ ރައީސް މުއައްމަރުލް ގައްޒާފީ ހައްޔަރުކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން އަމުރު ނެރެފިއެވެ.ގައްޒާފީގެ މައްޗަށް ކޯޓު އަމުރު މި ނެރުނީ އިންސާނިއްޔަތާ ހިލާފު އެތައް ޖަރީމާތަކެއް ހިންގައިފައިވާތީކަމަށް ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަކުރެއެވެ.ގައްޒާފީގެ އިތުރުން އޭނާގެ ދަރިފުޅު ސައިފް އަލް އިސްލާމް އަދި ޖާސޫސީ އިދާރާގެ ވެރިޔާ އަބްދުﷲ އައް ސަނޫސީ އަށް ވެސް ވަނީ އިންސާނިއްޔަތާ ޚިލާފުވުމުގެ ތުހުމަތުކޮށް ކޯޓު އަމުރު ނެރެފައެވެ.ނޭޓޯއިންވަނީ ގައްޒާފީއާ އިދިކޮޅު ފަރާތްތަކާގުޅިގެން ގައްޒާފީއަށް ވާގިވެރިވާ ސިފައިންނާ ދެކޮޅަށް ވައިގެ އުޅަނދުތަކުން ހަމަލާތައް ދޭންފަށައިފައެވެ. މި ހަމަލާތަކުގެ ބޭނުމަކީ ލީބިޔާގެ އާއްމުން ހިމާޔަތް ކުރަންކަމަށް ބުނަމުންދާއިރު، މި ހަމަލާތަކުގެ ސަބަބުން އާއްމުންގެ އެތަށް ބަޔަކު މަރުވެފައިވާކަމަށް ލީބިޔާގެ އޮފިސަލުން ހާމަކުރައެވެހުޅަނގުން ލީބިޔާއަށް ހަމަލާ ދިނުމުގެ މައިގަނޑު ބޭނުމަކީ އިރުމަތީ އެފްރިކާގެ ގައުމުތަކުގައި ހުރި ތެލުގެ ރިޒާވްގެ ބޭނުންކަމަށް ތަޖުރިބާކާރުން ހާމަކުރެއެވެ.ޓިއުނީޝިޔާއާއި މިސްރުން ހިތްވަރު ލިބިގަނެގެން ލީބިޔާގެ 41 އަހަރުވީ ދިގު ވެރިކަމާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ