ސްޕޯޓްސް ކޮމިޝަނަރުގެ މަޤާމަށް ކުރީގެ ކުޅުންތެރިޔާ އަލީ އުމަރު

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑް އަލީ އުމަރު ސްޕޯރޓްސް ކޮމިޝަނަރުގެ މަޤާމަށް ހަމަޖައްސަވައިފިއެވެ.
އަހުމަދު ނަޝީދު (ޑޭވް) އިސްތިއުފާ ދެއްވުމުން ހުސްވެފައިވާ ކޮމިޝަނަރުގެ މަޤާމަށް އަލީ އުމަރު ހަމަޖެއްސެވީ މިއަދު ހެނދުނުއެވެ. އެކަން އަލީ އުމަރުވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމާއި، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށްދޭ ރަންބޫޓާއި، 2008 ވަނަ އަހަރު ޤައުމީ ޓީމާއެކު ރަންމެޑަލް ހޯދި ކުރީގެ ކުޅުންތެރިޔާ ކުޅުން ހުއްޓާލުމަށްފަހު ފެންނަނީ ފުޓްބޯޅަ ހިންގުމުގެ ދާއިރާއިންނެވެ. އެގޮތުން އޭނާ ވަނީ އެފްއޭއެމްގެ ނައިބު ރައީސްކަންވެސް އަދާކުރައްވާފައެވެ. އަދި އެއިދާރާގެ އެކްސްކޯ މެމްބަރުކަންވެސް އަދާކުރައްވާފައެވެ. އޭގެ އިތުރުން އޭނާއަކީ ސާފްގެ އެގްޒެކްޓިވް ކޮމިޓީގެވެސް މެމްބަރެކެވެ.
އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގައިވެސް އަލީ އުމަރު މަސައްކަތްކުރެއްވިއެވެ.
ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުޅިވަރު ކްލަބްތައް ބަލަހައްޓަވާނީ ކުޅިވަރާއިބެހޭ ޤާނޫނުގެ ދަށުން އުފެއްދެވި ސްޕޯރޓްސް ކޮމިޝަނަރުގެ އޮފީހުންނެވެ. އެޒިންމާ ދެން އުފުއްލަވާނީ ކުޅުންތެރިއެއްގެ ގޮތުގައި ކާމިޔާބު ހޯއްދެވި އަލީ އުމަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ