ފެބްރުއަރީ 01 ގައި ސުޕްރީމް ކޯޓުން އަމުރު ނެރުނު ފަނޑިޔާރުންނަށް ރިޝްވަތު ދިން ކަމަށް އަމިއްލަފުޅަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިއުތިރާފު ވެފައިވާ ކަމަށާއި އޭނާ ގެނެވޭ ގޮތަކަށް ރާއްޖެ ގެންނަން ޖެހޭ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވާ މިއަދު ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނާއިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުލްރަހީމް އަބްދުﷲ ވިދާޅުވީ ސަރުކާރު ވައްޓާލަން ގާސިމްގެ މުދާ ހޭދަ ކުރައްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި އެކަމާ ބެހޭގޮތުން ދިވެހި ރައްޔިތުން ފުންކޮށް ވިސްނަން ޖެހޭކަމަށެވެ.
މިހާރުވެސް މާލެތެރެ ހަލަބޮލި ކޮށް ދިވެހި ސިފައިންނާއި ފުލުހުންގެ މެދުގައި ބައިބައިވުން އުފެދުމަށް އެންމެ އިސްކޮށް އުޅުއްވަނީ ގާސިމް އިބްރާހިމް ކަމަށް އަބްދުލް ރަހީމް ވިދާޅުވިއެވެ.
ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އިއްޔެ ގާސިމް ވިދާޅުވެފައި ވަނީ ފެބްރުއަރީ 01 ގައި ސުޕްރީމް ކޯޓުން އަމުރު ނެރުނީ "އަޅުގަނޑުމެން" ކަމަށެވެ.
ގާސިމް ގެނެވޭ ގޮތަކަށް ރާއްޖެ ގެނައުމަށް ޕީޕީއެމުން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ