ވުޟޫ އަށް ހުރަހަކަށް ނުވާ ނެއިލް ޕޮލިޝް އެއް

ކޮސްމެޓިކްސް ދާއިރާގެ އެންމެ ބޮޑެތި ބްރޭންޑްތަކާއި އަލަށް ލޯންޗުކުރާ ބްރޭންޑުތަކުން މިހާރު ފޯކަސް ކުރަނީ ހަލާލް މޭކަޕާއި މުސްލިމުންނަށް ބޭނުންކުރެވޭ ވައްތަރުގެ ކޮސްމެޓިކްސް އަށް އިސްކަންދެ އެވެ. ނެއިލް ޕޮލިޝް އަކީ ކޮންމެ އަންހެންކުއްޖަކު ވެސް ޖައްސާހިތްވާ އެއްޗެކެވެ. "އޯލީ" ކިޔާ އެމެރިކާގެ ބްރޭންޑަކުން "ބްރީތަބަލް" ނެއިލް ޕޮލިޝް އެއް އުފައްދައިފި އެވެ. މި ނެއިލް ޕޮލިޝް ޖައްސާފައި ހުއްޓަސް ނިޔަފަތީގައި ފެން ޖެހޭނެ އެވެ.
ކޮންޓެކްޓް ލެންސެއް ގޮތަށް ތައްޔާރުކޮށްފައިވާ މި ނެއިލް ޕޮލިޝް އަކީ އޮކްސިޖަނާއި ހައިޑްރޮޖެން ދައުރުވާ ގޮތަށް އުފައްދާފައިވާ އެއްޗެކެވެ.
"ޕޯރަސް ނެއިލް ޕޮލިޝްގައި ނިޔަފަތީގައި ކުލަ ޖައްސާފައި ހުއްޓަސް ނިޔަފަތީގައި ފެން ޖެހޭނެ އެވެ. އަދި ވުޟޫކޮށް ނަމާދަށް އަރަން އެކަށީގެންވާ ނެއިލް ޕޮލިޝް އެއް ކަމުގެ ޔަގީންކަން ދެމެވެ. އޯލީ ބްރޭންޑުން މިހާރު ދަނީ މި ބްރޭންޑަށް ހަލާލް ސެޓްފިކެޓް ހޯދަން މަސައްކަތް ކުރަމުންނެވެ." އޯލީގެ ޕްރެސް ރިލީޒެއްގައި ބުނެފައިވެ އެވެ.
އާގަން ތެޔޮ، ވިޓަމިން ބީ5 އަދި ވިޓަމިން ސީ ފަދަ ނިޔަފަތި ވަރުގަދަ ކޮށްދޭ ބާވަތްތައް ވެސް މި ނެއިލް ޕޮލިޝްގައި ހިމެނެ އެވެ. އެކި ވައްތަރުގެ މަޑު ކުލަތަކާއި ގަދަ ކުލަތައް ހިމެނޭ 18 ވައްތަރެއްގެ ކުލަ ހިމެނޭ މި ކަލެކްޝަން އޮންލައިން ފިހާރަތަކުން މިހާރު ލިބެން އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ