މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަމަށް އޭދަފުށީ މެމްބަރު ސަލީމް

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރަކަށް، ޕީޕީއެމް ޕީޖީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް މިއަދު ހަމަޖެހިގެން ހިނގައްޖެއެވެ. ސަލީމް މައިނޯރިޓީ ލީޑަރުގެ ގޮތުގައި ހަމަޖެހިގެން ދިޔައީ، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ޕީޕީއެމްއާ ގުޅިވަޑައިގެން، އެކަމުގެ ހުރިހާ ލިޔުންތައް މަޖިލީހަށް ހުށަހެޅުމާ ގުޅިގެން، މަޖިލީހުގައި ޕީޕީއެމް ތަމްސީލުކުރައްވާ މެމްބަރުންގެ އަދަދު ހަޔަކަށް އެރުމާ ގުޅިގެންނެވެ. މަޖިލީހުގެ ގަވައިދު ބުނާ ގޮތުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު ނުވަތަ އިދިކޮޅު ލީޑަރަކީ މަޖިލީހުގައި އެންމެ ގިނަ ގޮނޑި ތަމްސީލުކުރާ ޕާޓީ ފިޔަވާ ދެން އެންމެ ގިނަ ގޮނޑި ތަމްސީލުކުރާ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރެވެ. ތަފްސީލް އަންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ