ޝީޝާ ގއ.އަތޮަޅަށް: ގެމަނަފުށީ ބޭއްވި ކުޑަކުދިންގެ ހަވީރު ފޯރިގަދަ

ގއ. އަތޮޅުގައި ހޮންޑާގެ އޮތޮރައިޒް ޑިސްޓްރިބިއުޓަރ ޝީޝާގ އަޓްލެޓެއް ހުޅުވިގެން ދިޔައީ މިދިޔަ ހުކުރު ދުވަހުއެވެ. ސައިކަލުގެ ފޯރި އެ އަތޮޅުގައި ގަދަވެއްޖެއެވެ. އެ އަތޮޅު ވެެރިކަން ކުރާ ރަށް، ގއ.ވަލިގިނގިލީގައި ޝީޝާގެ އައުޓްލެޓް ހުޅުވިގެންދިޔައިރު، އިއްޔެ ހަވީރު އެ އަތޮޅު ގެމަނަފުށީގެ ރައްޔިތުންނަށް ޝީޝާ އިން ވިއްކާ ސައިކަލުތަކާއި ގުޅޭ މައުލޫމާތު ދީފައި ވަނީ ޝީޝާގެ ފަރާތުން ބޭއްވި ކުޑަކުދިންގެ ހަވީރަކާއި އެކުގައެެވެ.
ކުޑަކުދިންގެ ހަވީރާއި ގުޅޭގޮތުން މައުލޫމާތުދެމުން ޝީޝާ އިން ބުނީ، ކުޑަކުދިންގެ ހަވީރުގައި އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ކަމަށެވެ. އެ އިވެންޓް ތެރޭގައި ކުޑަކުދިންގެ އެކި ކުޅިވަރުތައް ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން ފޭސްޕެއިންޓް، މިއުޒިކަލް ޗެއާސް، އަދި ދަޅުވައްޓާ ކުޅުން ފަދަ ކުޅިވަރުތައް ފޯރީގައި ކުރިއަށްގެންގޮސްފައި ވެއެވެ. އަދި މި އިވެންޓްގެ ތެރެއިން ކުޑަކުދިންނަށް ޝީޝާގެ ފަރާތުން ހަދިޔާތައްވެސް ވަނީ ބަހާފައެވެ.
އެ ހަރަކާތުގެ ތެރެއިން ސައިކަލު ގަންނަން ޝައުގުވެރިކަން ހުރި ކަސްޓަމަރުންނަށް މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ. މި ހަރަކާތުގެ ތެރެއިން ގެމަނަފުށި ރައްޔިތުންނަށް ދިން އުފާވެރި ޚަބަރަކީ، އިތުރު ފީއަކާއި ނުލާ ސީދާ ވިލިނގިލިން ގެމަނަފުއްޓަށް ސައިކަލު ގެނެސްދޭނެ ޚަބަރެވެ.
"އެހެންކަމުން ވަަރަށް ބޮޑުތަން ފަސޭހަަވެގެން ދިޔައީއާ ގެމަނަފުށީ ކަސްޓަމަރުންނަށް. މިއަދު އޮތް އިވެންޓަށް ހީކުރި ވަރަށްވުރެ ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފައި" ޝީޝާާ އިން މައުލޫމާތު ދިނެވެ.
ހޮންޑާ އިން ދުނިޔޭގެ ބާޒާރަށް ނެރޭ އެންމެ ފަހުގެ ސައިކަލުތައް، މާލެ އާއި އެއް އަގެއްގައި ވިލިނގިލި އައުޓްލެޓުން ލިބޭނެއެވެ. އަދި މީގެ އިތުރުން، ސައިކަލުތަކުގެ ސްޕެއަރ ޕާޓްސްވެސް ވިއްކަމުން ދާނެއެވެ.
ޝީޝާއިން ސައިކަލުތައް ގަންނަ ކަސްޓަމަރުންނަށް ލުއި ގޮތްތަކެއްވެސް ހަމަޖައްސާފައި ވެއެވެ. އެގޮތުން އެއްފަހަރާ ފައިސާ ދައްކައިގެން ސައިކަލު ގަންނަން ބޭނުން ނުވާ ފަރާތްތަކަށް އިންސްޓޯލްމެންޓަށް ސައިކަލު ނެގުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. މޯލްޑިވްސް އިސްލާމިކް ބޭންކް އަދި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ މެދުވެރިކޮށްވެސް ސައިކަލު ނެގޭނެއެވެ.
ޝީޝާއަކީ "ހޮންޑާ" ސައިކަލު ވިއްކުމުގެ ހަމައެކަނި އޮތޮރައިޒް ޑިސްޓްރިބިއުޓަރކަން ލިބިފައިވާ ރާއްޖޭގެ ކުންފުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ