މިއަދުން ފެށިގެން ހަވީރު 17:00 އިން ރޭގަނޑު 20:00 އަށް ބަހުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް ގްރޭޓަރ މާލެ ޓްރާންސްޕޯޓް ލިންކުން ބުނެފިއެވެ.
ގްރޭޓަރ މާލެ ޓްރާންސްޕޯޓް ލިންކުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އެޗްޕީއޭގެ އިއުލާނުަގައިވާ ގަޑިތަކުގައި ބަހުގެ ހިދުމަތް ނުދޭނަ ކަމަށާއި ނަމަވެސް ރޭގަނޑު އަށެއްގެފަހުން ޝެޑިއުލްއާއި އެއްގޮތަށް ދަތުރުތަށް ކުރިޔަށްދާނެ ކަމަށެވެ.
އަދި މިއަދުން ފެށިގެން ކޮންމެ ދުވަހަކުވެސް އެއަރޕޯޓަށް ދާ އެންމެފަހުގެ ބަސް ދަތުރު އޮންނާނީ ހަވީރު ހަތަރެއް ޖަހާއިރު ކަމަށް ގްރޭޓަރ މާލެ ޓްރާންސްޕޯޓް ލިންކުން ބުނެއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ ސޮއިކުރައްވާ އާއްމު ކުަރައްވާފައިވާ އެންގުމުގައިވާގޮތުން މިއަދު މެންދުރު ބާރައިން ފެށިގެން ވަކި ގޮތެއް އަންގަންދެން މާލެއާއި ހުޅުމާލެއާއި، ވިލިމާލޭގައި ކޮންމެ ދުވަހެއްގެ ހަވީރު 5ން ރޭގަނޑު 8ށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމަތީގައި މީހުން އުޅުން ހުއްޓާލުމަށް އަންގާ ކަމަށެވެ.
އަދި ހަމަ އެގަޑީގައި ޕަބްލިކް ޓްރާންސްޕޯޓް ބަހާއި ފެރީގެ ހިދުމަތް ހުއްޓައިލުމަށްވެސް އަންގާފައިވެއެވެ.
މިއަދުން ފެށިގެން ހަވީރު ފަހަކުން ރޭގަނޑު އަށަކަށް ބަސް ނުދުއްވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ