މިހާތަނަށް 98 ފަހަރު ގެތައް މޮނިޓަކޮށް، މީހުންގެ ސާމްޕަލް ނަގައިފި: އެންއީއޯސީ

ކޮރޯނާވައިރަސް ފެތުރުނަ ނުދޭން ރާއްޖޭން ކުރާ މަސައްކަތުގައި މިހާތަނަށް ރާއްޖޭގެ އެކި ރަށްރަށުން 98 ފަހަރު ގެތައް މޮނިޓާކޮށް، މީހުން ޓެސްޓްކޮށްފައިވާ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ރޭ ބުނެފި އެވެ.
އެންއީއޯސީން ރޭ ބޭއްވި ޕްރެސްކޮންފަރެެންސްގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ގޭގެ މޮނިޓާކޮށް، މީހުންގެ ސާމްޕަލް ނަގަނީ ދަތުރުކޮށްފައި އަންނަ މީހުން ގޭގެ އަށް އައުމުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް މާލޭގެ 16 ގެއެއް މިހާތަނަށް މޮނިޓަކޮށް ސާމްޕަލް ނަގާފައިވާ ކަމަށާއި އެފަދަ ހާލަތްތަކުގައި އެ ގެތައްް މޮނިޓާކުރާ ކަމުގެ ލިއުން ދިނުމަކީ ކުރިއްސުރެ އަމަލުކުރަމުން އަންނަ ގޮތް ކަމަށެވެ.
"މިގޮތަށް ކަންކުރަނީ ގޭގެ އަށް، ޓްރެވެލް ހިސްޓްރީ އޮންނަ މީހުން އަންނަންޏާ، އެ ގޭގެ ސާމްޕަލް ނަގަން ދާއިރު މި ލިއުން އާއްްމުގޮތެއްގައި ދޭ. ދީފައި އެ ސާމްޕަލްގެ ނަތީޖާ ލިބެންދެން އެގޮތަަށް ބޭއްވުމަށް. މީކީ އާކަމެއް ވީކީ ނޫން. މިއަދު ހަމަ އެކަނި އަލަށް ވާން ފެށި ކަމަކީ އޭގެ ނޯޓެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުން،" މާލޭގެ ގެއަކަށް ވަދެ ނުކުމެ އުޅުން މަނާކޮށް ދިން ލިޔުމެއް އާންމުވުމަށް އިޝާރާތް ކުރައްވަމުން މަބްރޫކް ވިދާޅުވި އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސްކޮންފަރެންސެއްގައި މަބްރޫކް ވާހަކަ ދައްކަވަނީ.
ރާއްޖެެ އިން މިހައިތަނަށް ކޮވިޑް-19 އަަށް ޕޮޒިޓިވް ވީ 18 މީހެކެވެ. އޭގެ ތެރެއިން ދެ މީހަކު ވަނީ އިޓަލީ އަށް ފުރައިގެން ގޮސްފަ އެވެ. ރާއްޖޭގައި ތިބި 16 މީހުންގެ ތެރެއިން ތިން ދިވެހިން ފިޔަވައި އެންމެން ވެސް މިހާރު ވަނީ ބަލިން ސަލާމަތްވެފަ އެވެ.
މަބްރޫކް ރޭ ވިދާޅުވި ގޮތުގައި ކޮވިޑް-19 އަށް ޓެސްޓްކުރަން ރާއްޖެ އިން މިހައިތަނަށް 1،137 ސާމްޕަލް ނަގާފައިވެ އެވެ. މީގެ ތެރެއިން 1،114 ސާމްޕަލެއް ނެގެޓިވްވި އިރު ނަތީޖާ ނުލިބެނީ ފަސް ސާމްޕަލެއްގެ އެވެ.
ދުނިޔޭގެ އެކި ކަންްކޮޅުތަކުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދަކީ މިހާރު ވަނީ 85،000 އަށް ވުރެ އިތުރުވެފަ އެވެ. އެ ބަލީގައި މަރުވި މީހުންގެ އަދަދަ 42،000 އަށް ވުރެ ގިނަ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރޭ ކޮވިޑް-19 ކޮންޓްރޯލްކުރަން ރާއްޖޭން މިއަދު ވަނީ އާ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން ތިން މީހުންނަށް ވުރެ އިތުރަށް ގްރޫޕް ހަދައިގެން ބޭރުތެރޭ އުޅުން މަނާކުރުމައި ބޭރަށް ނުކުމެ އުޅުން މަނާ ވަގުތެއް ވަނީ ކަނޑައަަޅައިފަ އެވެެ. ބޭރަށް ނުކުމެ އުޅުން މަނާ ގަޑިއަކީ ހަަވީރު 5:00 އިން ރޭގަނޑު 8:00 އަށެވެ. އެ އުސޫލަށް އަމަލުކުރަން ފަށާނީ މާދަމާ މެންދަމު 12:00 އިން ފެށިގެންނެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ