މިއަދުގެ މިގުތާއި ހަމައށް ދުނިޔޭގައި ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 730,326 އަށް އަރައިފައެވެ. މަރުވި މީހުންގެ އަދަދަކީ 34,572 އެވެ. ޝިފާ ލިބުނު މީހުންގެ ޢަދަދަކީ 154,262 އެވެ. (3.00 މެންދުރުފަހު)
މިއަދުގެ ޙާލަތަށް ބަލާއިރުވެސް އެންމެ ގިނަ ބައަކަށް ބަލި ޖެހިފައިވަނީ އެމެރިކާގައެވެ. އެ ޤައުމުގައި 142،737 މީހުންނަށް ވަނީ ބަލިޖެހިފައެވެ. 135,686 މީހުންނަށް މިހާރުވެސް ގެންދަނީ ފަރުވާދެމުންނެވެ.
އެމެރިކާއަށްފަހު ބަލި ޖެހުނު މީހުން އެންމެ ގިނައީ އިޓަލީ ޢާއި އެމެރިކާގައެވެ!
އިޓަލީގައި ބަލި ޖެހުނު މީހުންގެ އަދަދު 97,689 އަށް އަރާފައިވާއިރު މަރުވިމީހުންގެ އަދަދު ވަނީ 10,779 އަށް އަރައިފައެވެ. ސްޕޭންގައި ބަލި ޖެހުނު މީހުންގެ އަދަދު 85,195 އަށް އަރާފައިވާއިރު މަރުވިމީހުންގެ އަދަދު ވަނީ 7,340 އަށް އަރައިފައެވެ
ކޮރޯނާ ޖެހުނު މީހުންގެ އަދަދު 7 ލައްކައަށްވުރެ މަތިވެ ނުރައްކާތެރިކަން އިތުރުވެއްޖެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ