ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރަން ނިންމުމަށްފަހު ބަންދުގެ މަޖިލިސް ކެންސަލްކޮށްފި އެވެ.
ސިނާންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް އެންމެފަހުން ޖަހާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.
ސިނާންގެ ބަންދަށް އެދުވަހު މުއްދަތު ޖަހާފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެތައް ދުވަހެއް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހުއެވެ.
މީގެކުރިން ވެސް ސިނާންގެ ބަންދުގެ މަޖިލީހެއް ކެންސަލްކޮށްފައި ވާއިރު، ބުރާސްފަތި ދުވަހު ޝަރީޢަތް ކެންސަލްކުރި ސަބަބެއް ސާފެއް ނުވެ އެވެ. ވަކީލުންނަށް މިހާރު ވަނީ ބަންދުގެ މުއްދަތު ޖެހުން ކެންސަލްކުރިކަން އަންގާފަ އެވެ.
ސިނާން ހައްޔަރު ކޮށްފައިވަނީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު މަޖިލީހުގެ ތެރެއިން ވައްޓާލުމަށްޓަކައި ރިޝްވަތުގެ ގޮތުގައި ފައިސާ ހިފައި ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލުމަށް ރޭވުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައެވެ.
ސިނާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފައިވާއިރު އޭނާއަށް ޓެރަރިޒަމްގެ ތުހުމަތުކުރާކަން ފުލުހުން އެންގީ ހައްޔަރުކޮށްފައި ހުންނަވާތާ 35 ދުވަސް ފަހުން، މާޗްމަހުގެ 17 ވަނަ ދުވަހުއެވެ. ސިނާން ހައްޔަރުކުރީ ފެބުރުއަރީ މަހުގެ 8 ވަނަ ދުވަހު އެވެ.
މި މައްސަލާގައި ސިނާންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އެހެން ތިން މެންބަރަކަށް ވެސް ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލާފަ އެވެ. އެއީ އަބްދުﷲ ރިޔާޒާއި ފާރިސް މައުމޫނާއި އިލްހާމް އަހުމަދަށެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
މެމްބަރު ސިނާންގެ ބަންދުގެ މުއްދަތު ޖެހުން މިއަދުވެސް ކެންސަލް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ