ނުވަ ރަށެއްގައި 800 ހައުސިން ޔުނިޓް އަޅަން ހުޅުވާލައިފި

ރާއްޖޭގެ ނުވަ ރަށެއްގައި 800 ސޯޝަލް ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާނު ކޮށްފި އެވެ. އެ މިނިސްޓްރީން މިއަދު ގެޒެޓް ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކޮންޓްރެކްޓަރުގެ އަމިއްލަ ހަރަދުގައި ޑިޒައިންކޮށް އިމާރާތްކުރާ އުސޫލުން 800 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއަށް ރާއްޖޭގެ އިތުރުން ބޭރުގެ ކުންފުނިތަކަށް ކުރިމަތިލެވޭނެ ކަމަށެވެ. ހައުސިން މިނިސްޓްރީން ހިންގާ އެ މަސައްކަތަކަށް ބީލަން ހުށަހަޅާ އިރު ވަކިވަކި ރަށްތަކަށް ނުވަތަ ހުރިހާ ރަށަކަށް ވެސް އަގު ހުށަހެޅިދާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ. މި 800 ހައުސިން ޔުނިޓުގެ ތެރެއިން 200 ހައުސިން ޔުނިޓް އަޅަން ހަމަޖެހިފައި ވަނީ ލ. ގަމުގަ އެވެ. މީގެ އިތުރުން ހިިންނަވަރާއި ނައިފަރާއި އޭދަފުށި އަދި ސ. ފޭދޫގައި އަޅަނީ ކޮންމެ ރަށެއްގައި 100 ހައުސިން ޔުނިޓެވެ. މީގެ އިތުރުން ށ. ކޮމަންޑު އާއި ރ. މަޑުއްވަރީ އާއި ދ. މީދޫ އަދި ކުޑަހުވަދޫގައި އަޅަނީ ކޮންމެ ރަށެއްގައި 50 ހައުސިން ޔުނިޓެވެ. އެ އިއުލާނުގައި ބުނެފައިވާ ގޮތުން އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅާ ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 24 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ