މޫސުން ގޯސްވުމުގެ ސަބަބުން ޓެނިސް މެޗުތައް މާދަމައަށް ފަސްކޮށްފި

މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ކުޅުމަށް ހަމަޖެހިވާ ޓެނިސް މެޗްތަށް
މާދަމައަށް ފަސްކޮށްފިއެވެ.މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ
ޓެނިސްގައި ރާއްޖެއިން ކުޅުމަށް ހަމަޖެހިފައިވާ ޓީމް އިވެންޓް ސިންގަލްސް މެޗާއި، ޓީމް އިވެންޓް މިކްސް ޑަބަލްސް މެޗާއި، އަންހެން ސިންގަލްސްއާއި ޑަބަލްގެ މެޗުތަށްވެސް
ވަނީ މާދަމައަށް ފަސްކޮށްފައެވެ.ޓީމް އިވެންޓް ސިންގަލްސް އަންހެން މެޗްގައި
ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ޓެނިސްޓީމުގެ އަޔާނީއާއި މަޑަގަސްކަރަ ޓީމުގެ ކުޅުންތެރިއަކާއެވެ.ޓީމް އިވެންޓް މިކްސް
ޑަބަލްސް މެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އިރުފާއާ ރަބީޢުގެ
ޕެއާރއެވެ. އިރުފާއާ ރަބީޢުގެ ޕެއާރ ވާދަކުރުމަށް ހަމަޖެހިފައިވަނީ މަޑަގަސްކަރައިގެ ޓީމުގެ ޕެއާރއަކާއި ދެކޮޅަށެވެ. އަދި އިންޑިވިޖުއަލް ޓީމް އިވެންޓް އަންހެންބައިގެ ޑަބަލްސްގައި ވާދަކުރުމަށް
ހަމަޖެހިފައިވަނީ އިރުފާޔާ އަޔާނީގެ ޕެއާރއެވެ. ގައުމީ ޓެނިސް ޓީމުން
މަޢުލުމާތުދޭ ގޮތުގައި ވިއްސާރަ ވެހޭކަމުގައިވާނަމަ، މިރޭވެސް މެޗް
ނުކުޅެވޭނެއެވެ. އަދި ވިއްސާރަ ހުއްޓާފިނަމަ، ކޯޓް ހިއްކުމަށްފަހު މެޗުތަށް
ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް މުބާރާތް އިންތިޒާމް ކުރާ
ފަރާތުން މަޢުލުމާތުދޭކަމަށް ގައުމީ ޓެނިސް ޓީމުން ބުނެއެވެ.
މިއަދުގެ މެޗްތަށް މެދުކަނޑާލާފައިވާއިރު މިއަދު ކުޅެވުނު ސިންގަލްސް
މެޗުތަކުން ރާއްޖޭގެ ޤައުމީ ޓެނިސް ޓީމުވަނީ ބަލިވެފައެވެ. މިއަދު ހެދުނު ކުޅެވުނު ފިރިހެނުންގެ ސިލްގަލްސްއާ އަންހެން ސިންގަލް މެޗުންވެސް ރާއްޖެވަނީ ބަލިވެފައެވެ. އެގޮތުން
ފިރިހެން ސިންގަލްސްގައި މަޑަގަސްކަރައިގެ ކުޅުންތެރިޔާއާ ވާދަކޮށް ރާއްޖޭގެ އަބްދުލް
ފާއިހް ފަޒްލީ  ބަލިވެފައިވަނީ ސުމެއް
ހައެއް އަދި އެކެއް ހަޔަކުންނެވެ. ފިރިހެން ސިންގަލްސްގެ ދެވަނަ މެޗުގައި ރަބީއު
މުހައްމަދު ބަލިވެފައިވަނީ މަޔޯޓާގެ ކުޅުންތެރިޔާ އަތުން ސުމެއް ހައެއް އަދި
އެކެއް ހަޔަކުންނެވެ. އަންހެން ސިންގަލްސްގައި އަޔާނީ މޫސާ ކަލީމް ބަލިވެފައިވަނީ
މޮރިޝަސްގެ ކުޅުންތެރިޔާއާ ވާދަކޮށް ސުމެއް ހައެއް އަދި ސުމެއް ހަޔަކުންނެވެ. ޓީމް
އިވެންޓްގެ ސެމީ ފައިނަލްގައި ރާއްޖެ ނިކުންނާނީ މަޑަގަސްކަރައާއި ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ