މަތީ ކޯޓުން ނެރޭ އަމުރުތަކާ ޖަދަލު ނުކުރެވޭނެ: ގާޒީ ބާރީ

މަތީ ކޯޓުގެ އަމުރުތަކާމެދު ބަހުސްކޮށް ޖަދަލު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމުގައި ގާޒީ އަބްދުލް ބާރީ ޔޫސުފް ވިދާޅުވެއްޖެ އެވެ.
ގާޒީ ބާރީ މިހެން ވިދާޅުވީ ފޭސްބުކްގައި އޭނާ ކުރައްވާފައިވާ ޕޯސްޓެއްގައި އެވެ.
އެ ޕޯސްޓްގައި ބާރީ ވިދާޅުވެފައިވަނީ ދަށު ކޯޓުގެ ހުކުމްތަކާ އަމުރުތަކާމެދު ހިތްހަމަނުޖެހޭނަމަ އިސްތިއުނާފު ކޮށްގެން އެއާމެދު ވާހަކަ ދެއްކިދާނެ ކަމަށާއި އެހެންނަމަވެސް އެންމެ މަތީ ކޯޓުގެ ހުކުމްތަކާއި އަމުރުތައް ތަންފީޒުކުރުމަށްޓަކައި ބަހުސްކޮށް ޖަދަލު ކުރުމަކީ އެއްވެސް ޝަހުސަކަށް ލިބިގެންވާ ހައްގެއް ނޫން ކަމަށެވެ.
ބާރީ ވަނީ މިހާރު ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރުމަށްވެސް ގޮވާލާފައި އެވެ. އޭނާ އިތުރަށް ވިދާޅުވެފައިވަނީ އެންމެ މަތީ ކޯޓުގެ ހުކުމްތަކާއި އަމުރުތައް ތަންފީޒުކުރުމުން ދެން ނިކުންނަ ނަތީޖާއަކީ އެ ހުކުމްތަކާއި އަމުރުތައް ތަންފީޒުނުކުރުމަށް ދައްކާ އުޒުރަކަށް އަދި ބަހަނާއަކަށް ވެގެން ނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ