ސުޕްރީމް ކޯޓުން ކުރަން އުޅޭ ޙުކުމަށް ތަބާނުވުމަށް ފުލުހުންނާއި ސިފައިންނަށް އަންގައިފި

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ސުޕްރީމް ކޯޓުން ކުރަން އުޅޭ ޙުކުމަށް ތަބާ ނުވުމަށް ފުލުހުންނާއި ސިފައިންނަށް ދައުލަތުގެ ބަންޑާރަ ނައިބު މުޙައްމަދު އަނިލް އަންގައިފިއެވެ.
ބަންޑާރަ ނައިބު ވިދާޅުވީ، ޤައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ބެލެވޭ ކަމަށާއި، ރާއްޖޭގައި މިހާރު ހިންގަމުންދާ ކަންކަމާއި ގުޅިގެން ބަޔަކު މާލޭގައި ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. މި ކަމާއި ގުޅިގެން ދިމާވެދާނެ ޙާލަތަކަށްޓަކައި ރާއްޖޭގެ ސަލާމަތީ ބާރުތަކުން ޣައިރު ޤާނޫނީ ޙުކުމްތަކާއި އަމުރުތަކަށް ތަބާ ނުވުމަށް އޭޖީ އަނިލް ވަނީ އަންގާފައެވެ.
ފުލުހުންނާއި ސިފައިން ވަނީ ބަންޑާރަ ނައިބުގެ އެންގުމާއި އެއްގޮތަށް ޢަމަލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ފުލުހުންނާއި ސިފައިން ވިދާޅުވީ، އެފަރާތްތަކުން މަސައްކަތްކުރައްވާނީ ދައުލަތުގެ ބަނޑާރަ ނައިބުގެ އިރުޝާދުގެ މަތިން ޤާނޫނު އަސާސީ އާއި ޚިލާފު ނުވާ ގޮތެއްގެ މަތިން ކަމަށާއި، ޣައިރު ޤާނޫނީ އެއްވެސް އަމުރަކަށް ތަބާ ނުވާ ނެކަމަށެވެ.
-އިތުރު ތްފަސީލު އަންނަނީ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ