މިފެށުނު ދިރާސީ އައު އަހަރަކީ ހުރިހާ ދަރިވަރުންނަށްވެސް ކާމިޔާބު އުފާވެރި އަދި ރައްކާތެރި އަހަރެއް ކަމުގައިވުން އެދޭ ކަމަށް ޖުމްހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ދިރާސީ އާ އަހަރު ފެށުމާ ގުޅިގެން ގާސިމް ފޮނުއްވާފައިވާ މެސެޖުގައި ވިދާޅުވެފައި ވަނީ މިފެށުނު ދިރާސީ އާ އަހަރުގެ ހެޔޮއެދުމާ ތަހުނިޔާ ރާއްޖޭގެ ލޮބުވެތި ކިޔަވާ ކުދީންނަށާއި އެކުދީންގެ ބެލެނިވެރިންނާއި އަދި އުނގަންނައި ދެއްވުމުގައި ޝަމިލުވާ ހުރިހާ ބޭފުޅުންނަށް ފޮނުއްވާ ކަމަށެވެ.
މިފެށުނު ދިރާސީ އައު އަހަރަކީ ހުރިހާ ދަރިވަރުންނަށްވެސް ކާމިޔާބު އުފާވެރި އަދި ރައްކާތެރި އަހަރެއް ކަމުގައި ވުން އެދޭ ކަމަށް ގާސިމް ވިދާޅުވެފައިވެ އެވެ.
ބޮޑު ޗުއްޓީއަށް ފަހު 81000 ދަރިވަރުންނާއިއެކު މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން މިއަދު ވަނީ ފަށާފަ އެވެ.
ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް މުޅި ރާއްޖޭގައި މި އަހަރު 81،000 ދަރިވަރުން ތައުލީމް ހާސިލް ކުރާނެ އެވެ.
ރާއްޖޭގެ 200 އަށް ވުރެ ގިނަ ސްކޫލުގައި މި އަހަރު 6،000 އެއްހާ ޓީޗަރުން މަސައްކަތް ކުރެ އެވެ.
ދިރާސީ އާ އަހަރާ ރާއްޖެ މި ކުރިމަތިލީ ތައުލީމީ ދާއިރާއަށް އިންގިލާބީ ބޮޑު ބަދަލެއް ގެނައުމަށް އެޑިޔުކޭޝަން މިނިސްޓްރީން ނިންމާފައިވާ އަޒުމާއެކު އެވެ.
ދިރާސީ އާ އަހަރުގެ ތަހުނިޔާ ގާސިމް އިބްރާހީމް ފޮނުވައްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ