ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަމުގައި ނެރޭ އަމުރުތަކަކީ ސިފައިން ހިންގަމުންދާ ޤާނޫނު އަސާސީއާ ހިލާފުކަންކަން އޮޅުވާލުމަށް ނެރޭ އަމުރުތަކެއް ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުން އަދިއްތަ ދުވަހުގެރޭ ނެރުނު އަމުރަށް އިޝާރަތްކުރައްވައި ކުރެއްވި ޓްވީޓެއްގައި ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ މުޅި ދުނިޔެ އަށް ވެސް އެނގެންވީ ކަމަކީ ސުޕްރީމް ކޯޓު އޮތީ ސިފައިންގެ ބެލުމުގެ ދަށުގައި ކަމާއި، އުއްތަމަ ފަނޑިޔާރާއި، އިސް އިތުރު ފަނޑިޔާރެއް ހައްޔަރުކޮށްފައިވާކަންކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ނަމުގައި ނެރެމުންގެންދާ އަމުރުތަކަކީ ސިފައިން ހިންގަމުންގެންދާ ޤާނޫނު އަސާސީ އާއި ޤާނޫނުތަކާ ހިލާފު ކަންތައްތައް އޮޅުވާލުމަށް ނެރެމުންދާ އަމުރުތަކެއް ކަމަށް ޑރ. ޖަމީލް ވިދާޅުވެފައި ވެއެވެ.
World must realise that #Maldives Supreme Court has been overtaken by military, with CJ & another top judge in custody. Statements issued from time to time in SC’s name are a farce designed to confuse & complicate military’s unconstitutional & illegal conduct.
ޑރ. ޖަމީލް އެފަދަ އިން ވިދާޅުވިއިރު، ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް ސުޕްރީމް ކޯޓުން އަންނަނީ ތިން ފަނޑިޔަރުންގެ ބެންޗަކުން އަމުރުތަކެއް ނެރެމުންނެވެ. އަދި ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ހައްޔަރުކުރުމަށް ސިފައިން ސުޕްރީމް ކޯޓަށް ވަދެފައި ވަނީ ކޯޓު އިމާރާތުގެ ފުރާޅު މަތިންނެވެ. އޭގެ އިތުރުން ވަކީލުން ވިދާޅުވެފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށްގެން ގެންގޮސްފައި ވަނީ ބިންމަތީގައި ދަމާފައެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ސުޕްރީމް ކޯޓުގެ ނަމުގައި ނެރޭ އަމުރުތަކަކީ ސިފައިން ހިންގަމުންދާ، ޤާނޫނު އަސާސީއާ ހިލާފު ކަންކަން އޮޅުވާލުމަށް ނެރޭ އަމުރުތަކެއް: ޑރ. ޖަމީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ