އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތް ވަނީ ފަށާފައި: ފެނަކަ

އައްޑޫސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ފޯރުކޮށްދޭން މަސައްކަތް ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އަހްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހު ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ޝަރީފު ވިދާޅުވީ ދެ ޖަނަރޭޓަރު (ދެ މެގަ ކިލޯވޮޓްގެ) އައްޑޫ ސިޓީއަށް ގެނެސް އިންސްޓޯލް ކުރުމުގެ މަސައްކަތް އޮކްޓޯބަރ މަހުގެ 19 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ. އަދި ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުން ދަނީ ޖަނަރޭޓަރުތައް ސަޕްލައި ކޮށްދިން ޗައިނާ ކުންފުނީގެ ޓެކްނިކަލް އިންޖީނިއަރުން ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ މިއަހަރުގެ ޑިސެމްބަރ މަހުގެ 10 ވަނަ ދަވަހަށް ޖަނަރޭޓަރުތައް އިންސްޓޯލްކޮށް ނިމޭނެ ކަމަށް ލާފާކުރެވޭއިރު ޖަނަރޭޓަރުތައް އިންސްޓޯލް ކުރުމުން އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އައްޑޫ ސިޓީގެ ރަށްތަކަށް ދިމާވަމުންދާ ކަރަންޓްގެ މައްސަލައަށް ހައްލެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަންގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ވަނީ އޮކްޓޯބަރ މަހުގެ 11 ވަނަ ދުވަހު ހާޒިރުކޮށްފައެވެ.
ކޮމެޓީ ބައްދަލުވުމުގައި ޝަރީފު ވިދާޅުވީ އައްޑޫ ސިޓީއަށް ކަރަންޓްގެ ހިދްމަތް ދިނުމަށް ސްޓެލްކޯއާ ހަވާލު ކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި އައްޑޫ ސީޓީގައި ތިބި ފެނަކައިގެ ޓެކްނިކަލް އަދި އިންޖިނިއަރިންގ ޓީމަކީ ސްޓެލްކޯގެ ޓެކްނިކަލް އަދި އިންޖިނިއަރިންގ މުވައްޒަފުންނަށް ވުރެ ގާބިލް މުވައްޒަފުން ކަމަށެވެ.
ޝަރީފު ވަނީ އައްޑޫ ސިޓީއަށް ކަރަންޓްގެ މައްސަލަތައް ދިމާވަނީ އިންޖީނުތަކަށް ދިމާވާ މައްސަލަތަކުގެ ސަބަބުން ކަމަށް ފާހަގަ ކުރައްވާފައެވެ.
 
 
 
 
 
 
.
 
 
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ