ދުނިޔޭގެ އިންސާނީ ހައްގުތަކުގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު އެތައް ބަޔެއްގެ ހައްގުތައް ނިގުޅައިގަނެވިފައިވާ ކަމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް، މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން ކުރެއްވި ޓުވީޓެއްގައި އިތުރަށް ވިދާޅުވެފައިވަނީ އެއްވެސް ކުރިއެރުމެއް ލިބޭނީ މުޖުތަމައުގެ ހުރިހާ ފަރުދުންނަށް ހަމަހަމަކަމާއެކު ލިބެން ޖެހޭ ހައްގުތައް ފުރިހަމަކަމާއެކު ލިބުމުން ކަމަށެވެ.
މައުމޫން މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ދަރިފުޅު، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މިދިޔަ ޖުލައި މަހުގައި ހައްޔަރުކުރުމާއި ގުޅިގެންނެވެ. ފާރިސް ހައްޔަރުކޮށްފައިވަނީ ރިޝްވަތު ހުށައެޅި ކަމުގެ ތުހުމަތުގައެވެ.
މިދިޔަ ޖުލައި މަހުގެ 18 ވަނަ ދުވަހު ފާރިސް ދިރިއުޅެމުން ގެންދިޔަ ގެ ބަލާ ފާސްކޮށް ފުލުހުން ފާރިސް ހައްޔަރުކުރުމަށްފަހު ބުނެފައިވަނީ އޭނާއާ ދެކޮޅަށް ތުހުމަތު ކުރެވޭ މައްސަލައަށް ބޭނުންވާ ހެކި ފެނިފައިވާ ކަމަށެވެ. ނަމަވެސް ފާރިސް ވަނީ އެއްވެސް ހެއްކެއް ނުފެންނާނެ ކަމަށާއި ރިޝްވަތު ދީފައިނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
ފާރިސް ހައްޔަރުކުރުމަށްފަހު ޝަރީއަތް ނިމެންދެން ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކޯޓުން ކުރި އަމުރު އިސްތިއުނާފު ކުރުމަށް ހައިކޯޓަށް މައްސަލަ ހުށައެޅުމުގެ ފަހުން ހައިކޯޓުގެ އެމައްސަލަ ބަލާ ބެންޗަށް ވަނީ ބަދަލު ގެނެސްފައެވެ. ފާރިސްގެ ގާނޫނީ ވަކީލުން ވަނީ އެގޮތަށް އެކަން ކޮށްފައިވަނީ ގާނޫނާއި ޚިލާފަށް ކަމަށް ބުނެފައެވެ.
މީގެ އިތުރު ރާއްޖޭގެ ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ބޭސް ފަރުވާއަށް ސަރުކާރުން ތަކުރާރުކޮށް ހުރަސް އަޅަމުންދާ ކަމަށް ބުނެ އާއިލާއިން ވަނީ އެކި ފަހަރު މަތިން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އަދީބު މަރާލަން ބަޔަކު ރާވަމުންދާ ކަމަށްވެސް ތުހުމަތުތައް ކުރެވިފައިވެއެވެ.
އެތައް ބަޔެއްގެ ހައްގުތައް ވަނީ ނިގުޅައިގެންފައި: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ