ފޮނަދޫއިން އަނެއްކާވެސް ކަރަންޓު ކެނޑެނީ

ލ. ފޮނަދޫގައި ކަރަންޓް ދިނުމަށް ބޭނުން ކުރާ ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން އިރުއިރުކޮޅުން ކަރަންޓް ކެޑުމުގެ މައްސަލަ ދިމާވެފައިވާ ކަމަށް ފޮނަދޫ ކައުންސިލް އިދާރާއިން ބުނެފި އެވެ.
އާބާދީގައި 2200 މީހުން ދިރިއުޅޭ ފޮނަދޫ ކައުންސިލްގެ ރައީސް އަބްދުﷲ މިއަދު ޝަރީފު ސަން އޮންލައިންއަށް މިއަދު ވިދާޅުވީ އެ ރަށުގައި ކަރަންޓް ދިނުމަށް ބޭނުން ކުރާ ތިން ޖަނަރޭޓަރު ތެރެއިން 200 ކިލޯގެ ޖަނަރޭޓަރު ފިއުލް ޕަމްޕު ހަލާކުވެގެން އިއްޔެއިން ފެށިގެން އެ ރަށުން އިރުއި ރުކޮޅުން ކަރަންޓް ކެޑެމުންދާ ކަމަށެވެ.
ޝަރީފު ވިދާޅުވީ އިންޖީނު ގޭގައި ބޭނުން ކުރަނީ 200 ކިލޯ ވޯޓުގެ ދެ ޖަނަރޭޓަރާއި އަދި 360 ކިލޯ ވޯޓުގެ ޖަނަރޭޓަރެއް ކަމަށެވެ.
"މިހާރު މިރަށުގައި ބޭނުންކުރަނީ ތިން ޖަނަރޭޓަރު އޭގެންއެކަތި ނިވުނަސް ރަށަކަށް ކަރަންޓެއް ނުދެވޭނެ، އަޅުގަނޑު ދައްނަވާނީ މިރަށަށް 500 ކިލޯ ވޯޓްގެ ޖަނަރޭޓަރެއްނެތި ކަރަންޓެއް ނުދެވޭނޭ" ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް ޓެކްނީޝަނެއް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ވަރަށް އަވަހަށް ވަގުތީ ހައްލެއް ލިބޭނެ ކަމަށެވެ. އަދި ކަރަންޓް ކެޑުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ތަފާތު އުނދަގޫތަކާއި ކުރިމަތިވެފައިވާ ކަމަށެވެ.
ފޮނަދޫއިން އަނެއްކާވެސް ކަރަންޓް ކެނޑެން ފަށާފައިވާއިރު މިދިޔަ އަހަރު ފެށުނުއިރުވެސް ފޮނަދޫގެ ކަރަންޓްގެ ހާލަތުދައްވެ، ގިނަ ވަގުތުތަކެއް ވަންދެން ކަރަންޓް ހިދުމަތް ނުލިބި އެ ރަށު ރައްޔިތުން އުޅެންޖެހުނެވެ. އަދި އެ މައްސަލައަށް ވަގުތީ ހައްލެއް ލިބުނީ 360 ކިލޯ ވޯޓްގެ ޖަނަރޭޓަރެއް އެ ރަށަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެތެރެއިން ލިބުމުންނެވެ. ނަމަވެސް އެޖަނަރޭޓަރު ތަކަކީ ދުވަސްވެފައިވާ ޖަނަރޭޓަރުތަކެއްކަމުން ތަފާތް މައްސަލަތަށް ދިމާވާކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ރަށުގެ ކަރަންޓްގެ މައްސަލަ ހައްލުވާނީ 500 ކިލޯވޯޓުގެ ޖަނަރޭޓަރެއް ލިބިގެން ކަމަށާއި މިމަހުގެ 16 ހިސާބުގައި އެޖަނަރޭޓަރު ލިބި، އަންނަ މަހު ކަރަންޓްގެ މައްސަލަ ހައްލުވާނެ ކަމަށް ސަރުކާރުން ޔަގީންކަން ދީފައިވާ ކަމަށެވެ.
ފޮނަދޫގެ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ގެންނަންޖެހޭ 500 ކިލޯވޯޓުގެ ޖަނަރޭޓަރު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަޜޭޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ